ކ. މާލެ
|
1 ޖެނުއަރީ 2023 | އާދީއްތަ 12:37
ގެއްލިގެން ހޯދަމުންދާ ދެ މީހުން
ގެއްލިގެން ހޯދަމުންދާ ދެ މީހުން
ޕޮލިސް މީޑިޔާ
ދެ މީހުން ގެއްލުން
ގެއްލިގެން ހޯދަމުންދާ ދެމީހުން އަދިވެސް ނުފެނޭ
ތެޔޮބޯޓު، އެއާޕޯޓު ނެރުކައިރިން އޮޔާދަނިކޮށް ޑިސެމްބަރ 29 ވަނަ ދުވަހު ފެނިފައިވޭ
އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅޭނެ

ދިވެއްސަކާއި ބިދޭސީއަކު ގެއްލިގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ.

ދެމީހުންގެ ފޮޓޯއާއެކު ސޯޝަލް މީޑިއާގައި ފުލުހުން އާންމުކުރި މައުލޫމާތުގައިވާގޮތުން މިއީ ޑިސެމްބަރު 28 ވަނަ ދުވަހުގެ ރޭ ވިލިމާލެއިން ތެޔޮ ބޯޓެއްގައި ފުރި ދެ މީހުންނެވެ.

އެކަމާ ގުޅޭ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނެފައިވާ ގޮތުގައި، ދެ މީހުން ދަތުރުކުރި ތެޔޮބޯޓު، އެއާޕޯޓު ނެރުކައިރިން އޮޔާދަނިކޮށް ޑިސެމްބަރު 29 ވަނަ ދުވަހު ފެނިފައިވެއެވެ.

އަދި، ބޯޓުން ދަތުރުކުރީ އެ ދެ މީހުން ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ.

އެއީ، ގދ. ތިނަދޫ، މަނާރު، އުމުރުން 45 އަހަރުގެ މުޙައްމަދު ނިޡާމް އަދި ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ 35 އަހަރުގެ މުހައްމަދު ލިޓަންއެވެ.

މި ދެމީހުންގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޑިސެމްބަރު 29 ވަނަ ދުވަހުއެވެ. 

މި ދެމީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ 9911099 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް