ކ. މާލެ
|
1 ޖެނުއަރީ 2023 | އާދީއްތަ 07:17
ގެއްލިގެން ހޯދަމުންދާ ދެ މީހުން
ގެއްލިގެން ހޯދަމުންދާ ދެ މީހުން
ޕޮލިސް މީޑިޔާ
ދެ މީހުން ގެއްލުން
ދެ މީހަކު ގެއްލިގެން ހޯދަން ފަށައިފި
މި މީހުން ގެއްލިގެން ރިޕޯޓުކޮށްފައިވަނީ 29 ޑިސެމްބަރު ވަނަ ދުވަހު

ދިވެއްސަކާއި ބިދޭސީއަކު ގެއްލިގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ދެމީހުންގެ ފޮޓޯއާއެކު ސޯޝަލް މީޑިއާގައި ފުލުހުން އާންމުކުރި މައުލޫމާތުގައިވާގޮތުން މިއީ ޑިސެމްބަރު 28 ވަނަ ދުވަހުގެ ރޭ ވިލިމާލެއިން ތެޔޮ ބޯޓެއްގައި ފުރި ދެ މީހުންނެވެ.

އެއީ، ގދ. ތިނަދޫ، މަނާރު، އުމުރުން 45 އަހަރުގެ މުޙައްމަދު ނިޡާމް އަދި ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ 35 އަހަރުގެ މުހައްމަދު ލިޓަންއެވެ.

މި ދެމީހުންގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޑިސެމްބަރު 29 ވަނަ ދުވަހުއެވެ. 

މި ދެމީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ 9911099 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް