ކ. މާލެ
|
30 ޑިސެންބަރ 2022 | ހުކުރު 10:10
ބީޗްވޮލީގެ ޗެމްޕިއަންކަން ހޯދި ޕެއަރއާއި ކޯޗު
ބީޗްވޮލީގެ ޗެމްޕިއަންކަން ހޯދި ޕެއަރއާއި ކޯޗު
ސެންޓްރަލްޒޯން ބީޗް ވޮލީ މުބާރާތް
އެޑަމްއާއި ކުޑަކާއްޓޭ ރަން މެޑަލް ހޯދައިފި
ކުޅުނު ފަސް މެޗުވެސް އެޑަމްއާއި ކުޑަކާއްޓޭގެ ޕެއަރއިން ކާމިޔާބުކުރި

އޭޝިޔަން ސެންޓްރަލް ޒޯން ބީޗް ވޮލީބޯޅަ މުބާރާތުގެ ރަން މެޑަލް ރާއްޖޭގެ އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް) ގެ ޕެއާ ހޯދައިފިއެވެ. މިއީ ސަރަހައްދީ ވޮލީބޯޅަ މުބާރާތަކުން ރާއްޖެއިން ހޯދި ފުރަތަމަ ރަން މެޑެއްޔެވެ.

އެޑަމްއާއި ކުޑަކާއްޓޭ ރަން މެޑަލް ހޯދީ ބަނގްލަދޭޝްގައި މިހާރު ކުރިއަށްދާ މުބާރާތުގެ ފައިނަލްގައި ނޭޕާލްގެ ޕެއަރ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. ނޭޕާލްގެ މަން މަހާދުރު ޝްރެސްތާއާއި ދިލް ބަހާދުރު ސުނާރުގެ ޕެއަރގެ މައްޗަށް ރާއްޖޭގެ އެއްވަނަ ޕެއަރއިން ކުރިހޯދީ 21-13 އަދި 21-19 ނެވެ.

މުބާރާތުގައި ރާއްޖެއާއި ނޭޕާލްގެ އިތުރުން ވާދަކުރީ ބަނގްލަދޭޝްއާއި ކިރްގިސްތާނާއި, ބޫޓާނާއި ޕާކިސްތާނެވެ. ހަ ގައުމުން އަށް ޕެއަރ ވާދަކުރިއެވެ. އެޑަމްއާއި ކުޑަކާއްޓޭ ވަނީ މުބާރާތުގައި ކުޅުނު ފަސް މެޗުވެސް ކާމިޔާބުކޮށްފައެވެ. އެޑަމްއާއި ކުޑަކާއްޓޭގެ ޕެއަރއިން ވަނީ ސްރީލަންކާގައި އޮތް ކޮމަންވެލެތް ކޮލިފައިންގައި ވާދަކޮށް ރިހި މެޑަލްވެސް ހޯދާފައެވެ.

- ކޮމެންޓް