ކ. މާލެ
|
14 ސެޕްޓެންބަރ 2023 | ބުރާސްފަތި 15:33
ކުޑަ ކާއްޓޭއާއި އެޑަމް
ކުޑަ ކާއްޓޭއާއި އެޑަމް
ފޭސްބުކް
ކާވާ ބީޗު ވޮލީ ޓުއާ
ކުއާޓާގައި ބޫޓާން ބަލިކޮށް، ކުޑަ ކާއްޓޭއާއި އެޑަމް ސެމީ ފައިނަލަށް
 
ކުއާޓާ މެޗު ވެސް ކުޑަ ކާއްޓޭއާއި އެޑަމްގެ ޕެއާ ކާމިޔާބުކުރީ ސީދާ ދެ ސެޓުން

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ބީޗު ވޮލީ ބޯޅަ ޓުއާގައި ރާއްޖޭގެ އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް) ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ބަންގްލަދޭޝްގައި ކުރިއަށްދާ މުބާރާތުގެ ސެމީ ފައިނަލުން ކުޑަ ކާއްޓޭއާއި އެޑަމް ޖާގަ ހޯދީ، ކުއާޓާ ފައިނަލްގައި ބޫޓާންގެ ޕެއާ ބަލިކޮށްގެންނެވެ. ކުއާޓާ މެޗު ވެސް ކުޑަ ކާއްޓޭއާއި އެޑަމްގެ ޕެއާ ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ރާއްޖެއިން ކާމިޔާބުކުރީ 21-08 އަދި 21-07ންނެވެ.

މުބާރާތުގެ ކުއާޓާ ފައިނަލަށް ރާއްޖެ ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެގެންނެވެ. މުބާރާތުގެ ސެމީ ފައިނަލްގައި ރާއްޖެ ބައްދަލުކުރާ މެޗު އޮންނާނީ ހުކުރު ދުވަހުގެ ހެނދުނުއެވެ. ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާއަކީ މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރި ޕެއާއެވެ. އެ ޕެއާއިން މުބާރާތް ކާމިޔާބުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް