ކ. މާލެ
|
15 ސެޕްޓެންބަރ 2023 | ހުކުރު 10:53
ސެމީ ފައިނަލް މެޗުގައި ކުޑަ ކާއްޓޭ އާއި އެޑަމް
ސެމީ ފައިނަލް މެޗުގައި ކުޑަ ކާއްޓޭ އާއި އެޑަމް
test user ވީއޭއެމް
ކާވާ ބީޗު ވޮލީ ޓުއާ
ވާދަވެރި ސެމީން މޮޅުވެ، ކުޑަ ކާއްޓޭ އާއި އެޑަމް ފައިނަލަށް
 
ފައިނަލް މެޗު އޮންނާނީ ހުކުރު ދުވަހުގެ ހަވީރު ރާއްޖެ ގަޑިން ފަހެއް ޖަހާއިރު

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ބީޗު ވޮލީ ބޯޅަ ޓުއާގައި ރާއްޖޭގެ އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް) ފައިނަލުން ޖާގަ ހޯދައިފި އެވެ.

ބަންގްލަދޭޝްގައި ކުރިއަށްދާ މުބާރާތުގެ ފައިނަލުން ކުޑަ ކާއްޓޭ އާއި އެޑަމް ޖާގަ ހޯދީ، ސެމީ ފައިނަލް މެޗު ކާމިޔާބު ކޮށްގެންނެވެ. ހުކުރު ދުވަހުގެ ހެނދުނު ކުޅުނު ސެމީ ފައިނަލް މެޗު ކުޑަ ކާއްޓޭ އާއި އެޑަމް ކާމިޔާބު ކުރީ ވާދަވެރި ކުޅުމަކަށްފަހު އެވެ. މުބާރާތް ބާއްވާ ޤައުމު ބަންގްލަދޭޝްގެ ހޮރޮސިތު އަދި އަޙުމަދުގެ ޕެއާއާ ވާދަކޮށް، ކުޑަ ކާއްޓޭ އާއި އެޑަމް މޮޅުވީ ސީދާ ދެ ސެޓުންނެވެ. ދެ ސެޓުގެ ކުޅުން ވެސް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. މެޗުގެ ފުރަތަމަ ސެޓު ކުޑަ ކާއްޓޭ އާއި އެޑަމް ކާމިޔާބު ކުރީ 21-19 އިންނެވެ. ދެ ވަނަ ސެޓު ކާމިޔާބު ކުރީ 27-25 އިންނެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗު ވެސް ކުޑަ ކާއްޓޭ އާއި އެޑަމް ވަނީ ކާމިޔާބުކޮށްފަ އެވެ. އެއަށްފަހު ކުއާޓާ ފައިނަލުން ފުރުސަތު ހޯދި އެވެ. މުބާރާތުގެ ފައިނަލާ ހަމައަށް ދިޔައިރު، ކުޑަ ކާއްޓޭ އާއި އެޑަމް އަށް އެންމެ ސެޓެއް ވެސް ގެއްލިފައެއް ނުވެ އެވެ. ފައިނަލްގައި ކުޑަ ކާއްޓޭ އާއި އެޑަމް ނިކުންނާނީ އިންޑިއާގެ ޕެއާއާ ދެކޮޅަށެވެ. ފައިނަލް މެޗު އޮންނާނީ ހުކުރު ދުވަހުގެ ހަވީރު ރާއްޖެ ގަޑިން ފަހެއް ޖަހާއިރު އެވެ.

ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާއަކީ މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރި ޕެއާއެވެ. އެ ޕެއާއިން މުބާރާތް ކާމިޔާބުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް