Advertisement
ކ. މާލެ
|
28 ޑިސެންބަރ 2022 | ބުދަ 17:09
އެމްޑީޕީ ޤައުމީ މަޖިލީހުގެ ޖަލްސާ
އެމްޑީޕީ ޤައުމީ މަޖިލީހުގެ ޖަލްސާ
އެމްޑީޕީ
އެމްޑީޕީ ރިޔާސީ ޕްރައިމަރީ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ޝަކުވާ ހުށަހަޅާ ފޯމު މިހާރު އެމްޑީޕީގެ ވެބްސައިޓުން ލިބެން ހުންނާނެ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރިޔާސީ ޕްރައިމަރީއާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ ބުދަ ދުވަހުން ފެށިގެންނެވެ. އެގޮތުން ޝަކުވާ ހުށަހަޅާ ފޯމު މިހާރު އެމްޑީޕީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އެމްޑީޕީ އިން ވަނި ޝަކުވާ ހުށަހެޅުމުގެ ފުރުސަތާއެކު ޝަކުވާ ބަލާ ކޮމިޓީއެއް ވެސް އެކުލަވާލައިފައެވެ. މި ކޮމިޓީގައި ހިމެނެނީ އަހްމަދު އަބްދުﷲ އަފީފު އާއި އަފްޝަން ލަތީފު އާއި މުހައްމަދު ހާޝިމް އެވެ.

Advertisement

ރިޔާސީ ޕްރައިމަރީއާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އަންގާރަ ދުވަހު އެމްޑީޕީން ވަނީ ޕްރައިމަރީގައި ބައިވެރިވާ ކެންޑިޑޭޓުންގެ ނަންތައް ކެންޑިޑޭޓް ނަންބަރާއެކު އިއުލާންކޮށްފައެވެ. މި ޕްރައިމަރީގައި ވާދަކުރައްވަން ފޯމު ހުށަހެޅުއްވީ އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުއެވެ. ރައީސް ނަޝީދަށް ކެންޑިޑޭޓް ނަންބަރު އެކެއް ލިބިވަޑައިގެންފައިވާއިރު ރައީސް ޞާލިހަށް ލިބިވަޑައިގެންފައިވަނީ ކެންޑިޑޭޓް ނަންބަރު 2 އެވެ.

އަންނަ އަހަރުގެ ޖެނުއަރީ 28ގައި ބާއްވާ އެމްޑީޕީ ރިޔާސީ ޕްރައިމަރީ އިންތިޚާބުގެ ކޮމިޓީ ވެސް މިހާރު ވަނީ އެކުލަވާލާފައެވެ. ހޯމަ ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި އެ ކޮމިޓީއަށް ހޮވާފައިވަނީ އެ ޕާޓީގެ ޑެޕިއުޓީ ޗެއަރޕާސަން އިބްރާހިމް ވަހީދު (އިބުރޭ) އާއި ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި މިހާރު އެ ޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު އާއި މަތި އުތުރު ޕްރޮވިންސްގެ ރައީސް އަކްރަމް ކަމާލުއްދީން އާއި އެ ޕާޓީގެ ޤާނޫނީ މަޖިލީހުގެ ކުރީގެ މުގައްރިރު އަހުމަދު އަބްދުﷲ އަފީފް އަދި ކެނދިކުޅުދޫ ދާއިރާގެ ރައީސް މުޙައްމަދު އީމާންއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ޓައިމްލައިން ދައްކާ ގޮތުން ރިޔާސީ ޕްރައިމަރީގެ ފައިނަލް ވޯޓާސް ލިސްޓު އާއްމުކުރާނީ 3 ޖެނުއަރީ 2023 ގައެވެ. އެއަށްފަހު 10 ޖެނުއަރީގައި ކެންޑިޑޭޓު މަންދޫބުންނަށް ފުރުސަތު ހުޅުވާލައި އެ ފުރުސަތު 15 ޖެނުއަރީގެ ނިޔަލަށް ބަންދުވާނެއެވެ. ވޯޓުލުން ކުރިއަށްދާނީ 28 ޖެނުއަރީގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް