ކ. މާލެ
|
28 ޑިސެންބަރ 2022 | ބުދަ 10:28
ރާއްޖޭގެ އެއް ވަނަ ޕެއާގައި ހިމެނޭ ކުޑަކާއްޓޭ އާއި އެޑަމް
ރާއްޖޭގެ އެއް ވަނަ ޕެއާގައި ހިމެނޭ ކުޑަކާއްޓޭ އާއި އެޑަމް
ވީއޭއެމް
ސެންޓްރަލް ޒޯން ބީޗް ވޮލީ މުބާރާތް
ފުރަތަމަ މެޗުގައި ރާއްޖޭގެ ދެ ޕެއާ ވެސް މޮޅުވެއްޖެ
ފުރަތަމަ ކުޅުނީ ރާއްޖޭގެ އަޙުމަދު މުޙައްމަދު (ކޯކޭ) އަދި ޝަމާއީލް ޙުސެއިންގެ ޕެއާ
ދެ ވަނަ އަށް ކުޅުނީ އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ) އަދި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ

ސެންޓްރަލް ޒޯން ބީޗް ވޮލީބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖޭގެ ދެ ޕެއާ ވެސް މޮޅުވެއްޖެ އެވެ.

ބަންގްލަދޭޝްގެ ކޮކްސް ބަޒާރުގައި ބުދަ ދުވަހު ފެށި މުބާރާތުގައި ފުރަތަމަ ކުޅުނީ ރާއްޖޭގެ އަޙުމަދު މުޙައްމަދު (ކޯކޭ) އަދި ޝަމާއީލް ޙުސެއިންގެ ޕެއާ އެވެ. މި ޕެއާ ވާދަކުރީ މުބާރާތް ބާއްވާ ޤައުމު ބަންގްލަދޭޝްގެ ނޫރު ނަބީ އާއި ޝައިފުއްދީންގެ ޕެއާއާ އެވެ. އެ މެޗު ރާއްޖެ އިން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. ފުރަތަމަ ސެޓު ރާއްޖެއިން 21-9 އިން ކާމިޔާބުކުރިއިރު، ދެ ވަނަ ސެޓު ކާމިޔާބުކުރީ 21-12 އިންނެވެ. މިއީ ޤައުމީ ބީޗު ވޮލީ ޓީމުގައި ހިމެނިގެން ޝަމާއީލް ވާދަކުރާ ފުރަތަމަ މުބާރާތެވެ. ޤައުމީ ޓީމުގައި ޝަމާއީލް ހިމެނީ މުޙައްމަދު އަލީ (ޑެންޒޯ)ގެ ބަދަލުގަ އެވެ.

ދެ ވަނަ މެޗުގައި ރާއްޖޭގެ އެއް ވަނަ ޕެއާ އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ) އަދި އާދަމް ނަސީމް (އެޑަމް) ނުކުތީ ކިރިގިސްތާނުގެ މެޑްޓްބެކް އޫލޫ އަދި ޒީންބެކް އޫލޫގެ ޕެއާއާ ދެކޮޅަށެވެ. މި މެޗު ވެސް ރާއްޖޭގެ ޕެއާ އިން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. ދެ ސެޓު ވެސް ރާއްޖެއިން ކާމިޔާބުކުރީ 21-12 އިންނެވެ.

މުބާރާތުގައި ބުދަ ދުވަހު ރާއްޖޭގެ ދެ ޕެއާ އަށް ވެސް މެޗު އަދި އެބަ އޮތެވެ. ކޯކޭ އާއި ޝަމާއީލްގެ ޕެއާ ދެ ވަނަ މެޗުގައި ކުޅޭނީ ނެޕާލްގެ ސުނަރް އަދި ޝްރެޝްތާގެ ޕެއާއާ ދެކޮޅަށެވެ. ކުޑަކާއްޓޭ އަދި އެޑަމް ކުޅޭނީ ބޫޓާންގެ ޑޯޖީ އަދި ޖިގްމީގެ ޕެއާއާ ދެކޮޅަށެވެ.

- ކޮމެންޓް