ކ. މާލެ
|
25 ޑިސެންބަރ 2022 | އާދީއްތަ 09:11
އައްބާސް އާދިލް ރިޒާ- އޭނާ ވަނީ ކުރީ ސަރުކާރުގެ އިސް މަޤާމުތައް ފުރުއްވާފައި
އައްބާސް އާދިލް ރިޒާ- އޭނާ ވަނީ ކުރީ ސަރުކާރުގެ އިސް މަޤާމުތައް ފުރުއްވާފައި
ރައީސް އޮފީސް
އައްބާސް އާދިލް ރިޒާ
އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލި އައްބާސް އާދިލް ރިޒާ ހައްޔަރުކޮށްފި
ސިޔާސީ އެކިއެކި ފަރާތްތަކުން އަންނަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަމުން
ބަދަލު ހިފުމުގެ މަސައްކަތް އެމްބަސީން ފަށަން ފެންނަކަމަށް އައްބާސް ވިދާޅުވެފައިވޭ
ޓެރަރިޒަމަށް ބާރުދޭ ކަންކަމަކީ ފުލުހުން ސީރިއަސް މައްސަލަތަކުގެ ގޮތުގައި ބަލާ ކަންކަން

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުގައި ހުޅުޖަހަން، ރައީސް ޔާމީންގެ އަރިސް ބޭފުޅެއްކަމަށްވާ އައްބާސް އާދިލް ރިޒާ ގޮވާލެއްވި މައްސަލައިގައި އޭނާ ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އާދިއްތަ ދުވަހުއެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާ ހައްުޔަރުކޮށްފައިވަނީ އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލި މައްސަލައިގައެވެ.

އައްބާސް އާދިލް ރިޒާ ކުރެއްވި ޓްވީޓެއްގައި ގޮވާލައްވާފައިވަނީ ފެބުރުއަރީ 8ގައި އިންޑިޔާގެ އޯޑަރަށް އައްޑޫގައި ހުޅުޖެހި ކަމަށާއި، އެކަމުގެ ބަދަލު އަދި އޮތީ ނުހިފި ކަމަށެވެ.

ބަދަލު ހިފުމުގެ މަސައްކަތް އެމްބަސީން ފަށަން ފެންނަ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މިކަމާ ގުޅިގެން އާންމުންނާއި ސިޔާސީ އެކިއެކި ފަރާތްތަކުން އަންނަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެއީ ޓެރަރިޒަމްގެ އަމަލެއްކަމަށް ބުނެ އެ މައްސަލަ ބެލުމަށް ފުލުހުންނަށް ގޮވާލަމުންނެވެ. ސިޔާސީ ޕާޓީތަކުންވެސް ވަނީ މި މައްސަލަ ބެލުމަށް ގޮވާލާފައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަނިޔާވެރިކަމަށް ހިތްވަރު ދިނުމަށް ގޮވާލާ ގޮވާލުންތަކާއި، ޓެރަރިޒަމަށް ބާރުދޭ ކަންކަމަކީ ފުލުހުން ސީރިއަސް މައްސަލަތަކުގެ ގޮތުގައި ބަލާ ކަންކަން ކަމަށެވެ.

އެފަދަ މައްސަލަތައް ސީރިއަސް މައްސަލަތަކުގެ ގޮތުގައި ތަހުގީގުކޮށް، އަޅަންޖެހޭ ފިޔަވަޅު ފުލުހުން އަޅާނެކަމަށް ސީޕީ ވިދާޅުވިއެވެ.

އޭގެ އިތުރުން، ސޯޝަލް މީޑިއާ މެދުވެރިކޮށް ނަފްރަތު އުފެއްދުން އިތުރުވެފައިވާކަން ފާހަގަކުރައްވައި ސީޕީ އިތުރަށް ވިދާޅުވީ، ކަމާ ގުޅުންހުރި އިދާރާތަކާއެކު އެ މައްސަލައަށް ހައްލު ހޯދުމަށް ކުރަންޖެހޭ ކަންކަން ފުލުހުން ކުރަމުންދާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް