Advertisement
ކ. މާލެ
|
23 ޑިސެންބަރ 2022 | ހުކުރު 14:36
އަބްދުﷲ ޝާހިދު
އަބްދުﷲ ޝާހިދު
ޓްވިޓަރ
އެމްޑީޕީގެ ޕްރައިމަރީ
ބޭނުން ވަނީ ރައްޔިތުންނާއި ދައުލަތުގެ މުއައްސަސާތަކަށް އިހުތިރާމު ކުރާ ވެރިކަމެއް: ޝާހިދު
ޝާހިދު ވަނީ އިދިކޮޅު ފަރާތްތަކަށް ފާޑު ވިދާޅުވެފައި
ޝާހިދު ވިދާޅުވީ ދިވެހިން ބޭނުން ވަނީ ހަމަޖެހޭ ވެރިކަމެއް ކަމަށް

ދިވެހިން ބޭނުން ވަނީ ރައްޔިތުންނާއި ދައުލަތުގެ މުއައްސަސާތަކަށް އިހުތިރާމު ކުރާ ވެރިކަމެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިފަދައިން ވިދާޅުވީ 2023 ގެ ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ޓިކެޓް ދޭނެ ފަރާތެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަށް ތައްޔާރުވުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އަށް ތާއީދު ކުރާ ފަރާތްތަކުން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ޝާހިދު ވިދާޅުވީ ދިވެހިން ބޭނުން ވަނީ ހަމަޖެހޭ ވެރިކަމެއް ކަމަށާއި ދިވެހިން ބޭނުން ވަނީ ތަފާތު ހިޔާލުތަކަށް ޖާގަދީގެން ގާނޫނު ހިންގާ ވެރިކަމެއް ކަމަށެވެ.

Advertisement

ރައީސް ޞާލިހު އަށް ދެވަނަ ދައުރެއް ދޭން ޖެހޭ ކަމަށް ފާހަގަކުރައްވާ ޝާހިދު ވަނީ ރައްޔިތުންނަށް އޮތް ހަމައެކަނި ޗޮއިސަކީ އެމަނިކުފާނުކަމަށް ސިފަކުރައްވާފައެވެ. މި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ރަނގަޅު ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. ސާފު ބޯފެނާއި، ނަރުދަމާ އަދި ވެރިކަމުގެ ބާރުތައް ޖަމާކުރި ކުރުން ނިމުމަކަށް ގެނެސްފައި ވަނީ ވެރިކަން ކުރާ އެމްޑީޕީ އިން ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވަނީ އިދިކޮޅު ފަރާތްތަކަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ޝާހިދު ވިދާޅުވީ "ފެލާލައިފި"ގެ ނަމުގައި އިދިކޮޅު ފަރާތްތަކަށް ޖަލްސާތައް ބޭއްވެން ނެތް ކަމަށެވެ. އެއީ ކުރީގެ ސަރުކާރުގައި ކޮރަޕްޝަނާއި ޚިޔާނާތުގެ އެތައް ކަމެއް ހިނގާފައިވާތީ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން މަޝްރޫޢުތައް ހިންގުމުގެ ނަމުގައި ވެރިންގެ ޖީބަށް އެތައް ފައިސާއެއް ލާފައިވާ ކަމަށް ޝާހިދުގެ ވާހަކަފުޅުގައި ތުހުމަތުކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް