ކ. މާލެ
|
22 ޑިސެންބަރ 2022 | ބުރާސްފަތި 16:47
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު
ރައީސް އޮފީސް
ނަފްސާނީ ދުޅަހެޔޮކަން
ރައީސުލްޖުމްހޫރިއްޔާ "ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް" އުފައްދަވައިފި
މި އިދާރާ ހިންގާނީ މިނިސްޓްރީ އޮފް ހެލްތުގެ ދަށުން
މިއީ ނަފްސާނީ ދުޅަހެޔޮކަން ކުރިއަރުވަން މަސައްކަތްކުރުމަށް އުފައްދަވާފައިވާ އިދާރާއެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް މިއަދު އުފައްދަވައިފިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން އުފެއްދެވި މި އިދާރާއަކީ، މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.

ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ދެންނެވުމުގައި ވާގޮތުން ދައުލަތުގެ އިދާރާތަކުން ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓަށް ފޮނުވާ ސިޓީގައި ޖަހަންޖެހޭނެ ނަންބަރަކީ 489 ކަމުގައި ވަނީ ހަމަޖައްސާފައެވެ.

ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް ގާއިމުކުރެއްވީ، ދިވެހިރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަން ކުރިއަރުވައި، ނަފްސާނީ ދުޅަހެޔޮކަމަށް މުޖުތަމައު އަހުލުވެރިކޮށް، ނަފްސާނީ ސިއްޙަތުގެ ދާއިރާއިން ހިންގާ ޕްރޮގްރާމްތައް ކަނޑައަޅައި، ނަފްސާނީ ސިއްހަތުގެ ދާއިރާގެ ސިޔާސަތުތަކާއި ލަނޑުދަނޑިތައް ހާސިލްކުރުމަށް ހިންގާ ޕްރޮގްރާމްތަކާއި ކުރެވޭ މަސައްކަތްތައް ވިލަރެސްކޮށް، ސިއްހީ ޚިދުމަތްދޭ ސަރުކާރުގެ ތަންތަނުން ނަފްސާނީ ސިއްހަތުގެ ޚިދުމަތްތައް ފޯރުކޮށްދޭކަން ކަށަވަރުކޮށް، ނަފްސާނީ ސިއްހަތާއި ގުޅުންހުރި މަސައްކަތްތައްކުރާ އަމިއްލަ ފަރާތްތަކާއި ޖަމުއިއްޔާތަކާއި ޖަމާއަތްތަކާއި ގުޅުން ބަދަހިކޮށް އެ ފަރާތްތަކުގެ އެއްބާރުލުން ހޯދައި، އެފަރާތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ލަފާދިނުމުގެ ބޭނުމުގައެވެ

- ކޮމެންޓް