އިތުރަށް ރައްޔިތުންނަށް ގެއްލުން ނުދީ ރައީސް މުއިއްޒު އަށާއި މެޑަމް ސާޖިދާއަށް ގޯއްޗަށް ދިއުމަށް ލަފާ ދެއްވުމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު) އަށް ދީނީ ޢިލްމުވެރިޔާ ޑރ މުހައްމަދު އިޔާޟް އަބްދުއްލަތީފް ލަފާދެއްވައިފި އެވެ.
ޑރ އިޔާޟް މިފަދައިން ވިދާޅުވީ ހޮނިހިރު ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.
މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު) އަކީ ރައީސް މުއިއްޒުގެ މި ސަރުކާރު ދިފާއުކުރެއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން މި ސަރުކާރު ޕްމޮޓް ކޮށް ރައީސް މުއިއްޒަށް ސަނާ ދެންނެވުމަށް ސޯޝަލް މީޑަިއާގައި ގިނަ ޕޯސްޓުތަކެއް ކުރައްވަމުން ގެންދަވަ އެވެ. އެގޮތުން އެންމެ ފަހުން އުފަން ކުރި މީޑިއާ ކޮންޓްރޯލް ކުރާ ބިލު ދިފާއު ކުރައްވާ ވަރަށް ގިނަ ވާހަތަކެއް އޭނާ ވަނީ ދައްކަވާފަ އެވެ.
އެގޮތުން ދޮގު ފެތުރުމަކީ ޖިނާއީ ކުށަކަށް ހަދަން ޖެހޭ ކަމަށާއި ނޫސްތަކާއި ނޫސްވެރިންނާ ދެކޮޅަށް ޖިނާއީ ތަހުގީގު ކުރަން ޖެހޭ ކަމަށް އޭނާ ބުނެފައި ވެއެވެ.
މިފަފަ އެތަކެއް ވާހަތަކެއް ދައްކަވަމުން ސަރުކާރު ޕްރޮމޯޓު ކުރައްވަމުން ގެންދަވާ ޖަނާބުއަށް ރައްދު ދެއްވައި ޑރ އިޔާޟް ވިދާޅުވީ ރައީސް މުއިއްޒުގެ މި މިސަރުކާރަކީ ދެއްކުންތެރިކަމުގައި ޙައްދުފަހަނަ އަޅާފައިވާ ސަރުކާރެއް ކަމަށާއި ދީންވެރިކަމަށް ދެއްކި ޖަނާބު މެން ފަދަ މީހުން މެދުވެރިކޮށް މީހުން ހައްލުވަން ކިތަންމެ މަސައްކަތެއް ކުރިޔަސް، މިއީ ދީނީ ސަރުކާރެކޭ ބުނެވޭނެ ޖާގައެއް ނެތް ކަމަށެވެ.
ޑރ އިޔާޟް ވިދާޅުވީ އައްޑޫގައި އޮތް ބޮޑީ ބިލްޑް މުބާރާތުގައި ރޯއޮރިޔާމުން ދެޖިންސުގެ މީހުން ނަށާހެދި، މުޑުދާރު ވަޙުޝީ ޙަފްލާ ފެށީ ޤުރްއާނުން ކަމަސާއި މިއީ މާތް ﷲގެ ކަލާމްފުޅަށް ކުރި ފުރައްސާރައެއް ކަމަށެވެ. އަދި ކޮއްކޮ ފިރިމީހާގެ ވެރިކަން ދިފާޢުކުރައްވަން ނަމަވެސް ޙަޤީޤަތާއި އެއްގޮތަށް ވާހަކަ ދެއްކުމަށް ނަޞޭޙަތްތެރިވާކަމަށް ވެސް ޑރ އިޔާޟް ވިދާޅުވި އެވެ.
މިސަރުކާރަކީ ދެއްކުންތެރިކަމުގައި ޙައްދުފަހަނަ އަޅާފައިވާ ސަރުކާރެއް. ދީންވެރިކަމަށް ދެއްކި ޖަނާބު މެންފަދަ މީހުން މެދުވެރިކޮށް މީހުން ހައްލުވަން ކިތަންމެ މަސައްކަތެއް ކުރިޔަސް، މިއީ ދީނީ ސަރުކާރެކޭ ބުނެވޭނެ ޖާގައެއް ނެތް. އައްޑޫގައި އޮތް ބޮޑީ ބިލްޑް މުބާރާތުގައި ރޯއޮރިޔާމުން ދެޖިންސުގެ މީހުން ނަށާހެދި، މުޑުދާރު ވަޙުޝީ ޙަފްލާ ފެށީ ޤުރްއާނުން. މިއީ މާތް ﷲގެ ކަލާމްފުޅަށް ކުރި ފުރައްސާރައެއް. ކޮއްކޮ ފިރިމީހާގެ ވެރިކަން ދިފާޢުކުރައްވަން ނަމަވެސް ޙަޤީޤަތާއި އެއްގޮތަށް ވާހަކަ ދެއްކުމަށް ނަޞޭޙަތްތެރިވަން
ޑރ މުޙައްމަދު އިޔާޟް އަބްދުއްލަތީފް![]()
މީގެ އިތުރުން ޅިޔަނު ވެރިކަމަށް ގެންނަން ވީ ވަޢުދުތަކުން ފުއްދުނީ ކޮންކްމެއްތޯ ސުވާލުކުރައްވަމުން ޑރ އިޔާޟް ވަނީ ގެއްލުނު ކަނޑުން ކިހާތަނެއް ލިބިއްޖެތޯ ޖަނާބުކުރެން ސުވާލުކުރައްވާފަ އެވެ.
މިސަރުކާރަކީ ދެއްކުންތެރިކަމުގައި ޙައްދުފަހަނަ އަޅާފައިވާ ސަރުކާރެއް. ދީންވެރިކަމަށް ދެއްކި @ibrahimjanab މެންފަދަ މީހުން މެދުވެރިކޮށް މީހުން ހައްލުވަން ކިތަންމެ މަސައްކަތެއް ކުރިޔަސް، މިއީ ދީނީ ސަރުކާރެކޭ ބުނެވޭނެ ޖާގައެއް ނެތް. އައްޑޫގައި އޮތް ބޮޑީ ބިލްޑް މުބާރާތުގައި…
— Dr.Mohamed Iyaz (@dr_iyaz) September 20, 2025
މީގެ އިތުރުން އިންޑިޔާ އައުޓްވީތޯ ނޫންނަމަ ވީ އިންތޯ ވެސް ޑރ އިޔާޟް ވަނީ ޖަނާބުކުރެން ސުވާލުކުރައްވާފަ އެވެ.
އިޔާޟް ގެ ޓްވީޓު ނިންމާލައްވަމުން އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ގޯއްޗަށް ދާން ޅިޔަނަށާއި ކޮއްކޮ އަށް ލަފާ ދެއްވުމަށް ވިސްނަވާދެއްވުމަށް ޖަނާބުކުރެން އެދިވަޑައިގެންނެވި އެވެ.