ކ. މާލެ
|
21 ޑިސެންބަރ 2022 | ބުދަ 18:46
ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް މުހައްމަދު ދީދީ
ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް މުހައްމަދު ދީދީ
ސްޓެލްކޯ
ސްޓެލްކޯގެ ޚިދުމަތްތައް
ގުދުރަތީ ވަސީލަތްތަކުގެ ބޭނުންކޮށް، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރަންޖެހޭ: ދީދީ
ރާއްޖޭގައި ކަރަންޓުގެ ޚިދުމަތްދޭން ފަށާފައިވަނީ 1949 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު

ރާއްޖޭގެ މާހައުލުން ލިބެން ހުންނަ ގުދުރަތީ ވަސީލަތްތަކުގެ ބޭނުންކޮށް, ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ ސްޓެލްކޯގެ އަމާޒަކަށް ހެދުމަށް އެ ކުންފުނީ ޗެއަރމަން، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް މުހައްމަދު ދީދީ އިލްތިމާސްކުރައްވައިފިއެވެ.

ސްޓެލްކޯގެ ޚިދުމަތަށް 73 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އޭނާ ވަނީ، ރާއްޖޭގައި އިއާދަކުރެވެނި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރަންޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ. މީގެ އިތުރުން، ސްޓެލްކޯގެ ޚިދުމަތް ފެށުނު ހިސާބުން ފެށިގެން މި ހިސާބަށް އައިއިރު ވަރަށް ބޮޑަށް އެ ކުންފުނީގެ ޚިދުމަތްތައް ކުރިއަރާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ކަރަންޓުގެ ޚިދުމަތް ފުޅާކޮށްދިނުމަށް އެ ކުންފުނިން ކެނޑިނޭޅި މަސައްކަތްކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި މިހާރު ސްޓެލްކޯއިން އެހެން ޚިދުމަތްތައްވެސް ފޯރުކޮށްދޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ކަރަންޓުގެ ޚިދުމަތްދޭން ފަށާފައިވަނީ 1949 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުގައެވެ. އެކި ނަންނަމުގައި މާލޭގެ ކަރަންޓުގެ ޚިދުމަތްދެވި ތަރައްގީކުރެވެމުން އައިސް، މިހާރުގެ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އުފެއްދީ 1997 ވަނަ އަހަރުގައެވެ.

- ކޮމެންޓް