Advertisement
ކ. މާލެ
|
13 ޑިސެންބަރ 2022 | އަންގާރަ 07:10
އިންސްޕެކްޓަރ އޮފް ފޮލިސް ޔޫސުފް ލޫތު
އިންސްޕެކްޓަރ އޮފް ފޮލިސް ޔޫސުފް ލޫތު
ރާއްޖެއެމްވީ
ސްކޭމް ކޯލު
މިއަހަރު ސްކޭމްގެ 998 މައްސަލަ، ގެއްލުނު ފައިސާ 23 މިލިއަނާ ގާތްކުރޭ
ސްކޭމްގެ މައްސަލަތައް ދުވަހަކަށްވުރެ ދުވަހެއް އިތުރުވޭ

މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެކި ކަހަލަ ސްކޭމްގެ މައްސަލަތަކުގެ ގޮތުގައި 998 މައްސަލައެއް ރިޕޯޓުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ސްކޭމްގެ މައްސަލަތައް އިތުރުވުމާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓުގެ އިންސްޕެކްޓަރު އޮފް ފޮލިސް ޔޫސުފް ލޫތު ވިދާޅުވީ އަހަރަކަށްވުރެ އަހަރެއް ސްކޭމްގެ މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރުވަމުންދާކަމަށެވެ. މިގޮތުން 2019 ވަނަ އަހަރު މިފަދަ 368 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، 2020 ވަނަ އަހަރު 226 މައްސަލަ، 2021 ވަނަ އަހަރު 601 މައްސަލަ އަދި މިއަހަރުގެ މިހާތަނަށް 998 މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް އޭނާ ހާމަކުރެއްވިއެވެ.

Advertisement

އެނާ ވިދާޅުވީ މިފަދަ މައްސަލަތަކުގައި ގިނަ އަދަދެއްގެ ފައިސާ ރައްޔިތުންގެ އަތުން ގެއްލިގެން ގޮސްފައިވާކަމަށެވެ. މިއަހަރުގެ މިހާތަނަށް ހުށަހެޅުނު މައްސަލަތަކުންވެސް 23 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއްގެ ފައިސާ ރައްޔިތުންގެ އަތުން ގެއްލިގެން ގޮސްފައިވާކަމަށް ލޫތު ވިދާޅުވިއެވެ.

ލޫތު ވިދާޅުވީ ސްކޭމްގެ މައްސަލަ މިހާ ބޮޑުވެފައިމިވަނީ ކުރިއަރައިގެން އައި ޓެކްނޮލޮޖީއާއެކުގައި ކަމަށެވެ. އީމެއިލް މެދުވެރިކޮށް ހިނގާ ސްކޭމްތައްވެސް މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ވިދާޅުވިއެވެ. މިގޮތުން އީމެއިލް ހެކްކޮށް، އެއިން މައުލޫމާތު ހޯދައި އަދި އީމެއިލަށް އޯޓިޕީ ދާނެ ގޮތް ހަދާކަމަށް ލޫތު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 40 މިނެޓު ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް