ކ. މާލެ
|
13 ޑިސެންބަރ 2022 | އަންގާރަ 01:13
ނިޝާމާ މުހައްމަދުގެ ފިރިމީހާ އަބޫބަކުރު ފައިސަލް
ނިޝާމާ މުހައްމަދުގެ ފިރިމީހާ އަބޫބަކުރު ފައިސަލް
ސޯޝަލްމީޑިއާ
ނިޝާމާގެ މަރު
ނިޝާމާގެ މަރު: ތުހުމަތުވާ ފައިސަލް ގޮޅީގައި ދަންޖެހެން މަސައްކަތްކޮށްފި
ކުޅުދުއްފުށީ ރިޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފައިސަލަށް ގެންދަނީ ފަރުވާ ދެމުން
ނިޝާމާ މަރާލާފައި އޮއްވައި ފެނުނީ މިމަހުގެ 10 ވަނަ ދުވަހު
ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ވަނީ މާލެ ގެނެސްފައި

ހދ. ނޮޅިވަރަމު 28 އަހަރުގެ ނިޝާމާ މުހައްމަދުގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އޭނާގެ ފިރިމީހާ، އދ. ފެންފުށި ރޯޒީ ވިލާ، 32 އަހަރުގެ އަބޫބަކުރު ފައިސަލް ބަންދުކޮށްފައިހުރި ތަނުގައި ދަންޖެހި މަރުވާން މަސައްކަތްކޮށްފިއެވެ.

ފުލުހުން ބުނީ ފައިސަލް ދަަންޖެހެން މަސަައްކަތްކުރަނިކޮށް ހޯމަ ދުވަހުގެ ރޭ 23:15 އެހާއިރު ފުލުހުންނަށް ފެނިފައިވާ ކަމަށެވެ. އަދި މިވަގުތު ކުޅުދުއްފުށީ ރިޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި އޭނާއަށް ފަރުވާ ދެމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން އެޗްއާރުސީއެމް އަދި އެންއައިސީއަށް ހުށަހަޅައިގެން ބަލަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.

ނިޝާމާ މަރުވެފައި އޮއްވާ ފެނުނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. ޕޯސްޓްމޯޓަމް ހެދުމަށް ހޯމަ ދުވަހު އޭނާގެ ހަށިގަނޑު ވަނީ މާލެ ގެނެސްފައެވެ.

ނިޝާމާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރީގައެވެ. ނިޝާމާގެ މަރާއި ގުޅިގެން ތަފާތު އެކި ގޮތްގޮތަށް ރަށުތެރޭގައި ވާހަކަދެކެވޭ އިރު ނިޝާމާ އާއި އޭނާގެ ފިރިމީހާގެ ދެމެދުގައި ޒުވާބުކުރާ ކަމަށާއި ބައެއް ފަހަރު ވަރަށް އިހުތިރާމް ކުޑަކޮށް މުއާމަލާތުކުރާ ކަމަށް އެ ރަށުން "ރާއްޖެ އެމްވީ" އާއި ވާހަކަދެއްކި މީހަކު ވަނީ ބުނެފައެވެ. އަދި އެ ރަށުން ވާހަކަދެއްކި އިތުރު މީހަކު ވަނީ ނިޝާމާގެ ގައިން މީގެ ކުރިން ވެސް ޒަހަމްތަކެއް ފެނިފައިވާ ކަމަށް ބުނެފައެވެ. އެހެންނަމަވެސް އެ ޒަހަމްތަކަކީ ކިހިނެތް ލިބުނު ޒަހަމްތަކެއްތޯ ސުވާލުކޮށްފައި ނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ނިޝާމާގެ ހަށިގަނޑު ދުށްމީހަކާއި ހަވާލާދީ "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދިން މީހަކު ބުނީ މަރުވެފައި އޮތް އިރު ނިޝާމާގެ ހަށިގަނޑުން ޒަހަމްތަކުގެ ނިޝާންތައް ފެންނަން ހުރިކަމަށެވެ. އެގޮތުން ކަރާއި އަތާއި މޫނުން ޒަހަމްގެ ނިޝާންތައް ފެންނަން ހުރި ކަމަށް ވަނީ ބުނެފައެވެ. އަދި މީގެ ކުރިން ވެސް ނިޝާމާ އަށް އޭނާގެ ފިރިމީހާ އަނިޔާ ކުރާ ކަމަށާއި އެކަން އެ ހިސާބުގައި ދިރިއުޅޭ ބައެއް މީހުންނަށް ވެސް އެނގޭކަމަށް އޭނާ ވަނީ ބުނެފައެވެ.

- ކޮމެންޓް