ކ. މާލެ
|
3 ޑިސެންބަރ 2022 | ހޮނިހިރު 12:54
ނައިބު ރައީސް ލަންކާގެ ރައީސްއާ ބައްދަލު ކުރައްވަނީ
ނައިބު ރައީސް ލަންކާގެ ރައީސްއާ ބައްދަލު ކުރައްވަނީ
ނިއުސް ވަޔަރ
ލަންކާ-ރާއްޖެ ގުޅުން ތައް
ތިން ދާއިރާއަކުން އިންވެސްޓުކޮށްދޭން ލަންކާއިން އެދިއްޖެ
ހައިޓެކް އެގްރިކަލްޗަރ ދާއިރާއިންނާއި ކްރޫޒް ޓޫރިޒަމާއި ހައި އެންޑް ޓޫރިޒަމް ދާއިރާއިން އިންވެސްޓްކޮށްދޭން އެދިވަޑައިގެންނެވި

ތިން ދާއިރާއަކުން އިންވެސްޓް ކޮށްދިނުމަށް ސްރީލަންކާއިން ރާއްޖޭގައި އެދިފައިވާ ކަމަށް އެ ޤައުމުގެ ނޫސްތަކުން ރިޕޯޓް ކޮށްފިއެވެ.

ލަންކާގެ ނޫސްތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އިންވެސްޓްމަންޓަށް އެދިފައިވަނީ ހުކުރު ދުވަހު ދިވެހި ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް އާއި ލަންކާގެ ރައީސް ވިކްރަމް ސިންހަ ބޭއްވި ބައްދަލު ކުރެއްވުމުގެ ތެރެއިންނެވެ. އެގޮތުން، ހައިޓެކް އެގްރިކަލްޗަރ ދާއިރާއިންނާއި ކްރޫޒް ޓޫރިޒަމާއި ހައި އެންޑް ޓޫރިޒަމް ދާއިރާއިން ލަންކާއަށް އިންވެސްޓް ކުރުމަށް ރަނިލް އެދިވަޑައިގެންނެވި ކަމަށްވެއެވެ.

ލަންކާގެ ރައީސްގެ މީޑިއާ ޑިވިޝަނާ ހަވާލާ ދީ ބުނެފައިވާ ގޮތުގައި ރަނިލް އިންވެސްޓްކޮށްދޭން އެދިވަޑައިގެންނެވީ ރާއްޖެއާއި އެ ޤައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރި ކަމަށްރިއާޔަތް ކުރައްވައިގެންނެވެ.

މި ބައްދަލު ކުރެއްވުމުގައި ލަންކާގައި "ކްލައިމެޓް ޗޭންޖް" ޔުނިވަރސިޓީއެއް ގާއިމު ކުރުމަށް ރާއްޖެއިން ބައިވެރިވުމަށް އެދިވަޑައިގެންނެވި ކަމަށް ވެސް ވަނީ ރިޕޯޓް ކޮށްފައެވެ.

މީގެ އިތުރުން މި ސަރަހައްދުގައި އިތުރުވަމުން އަންނަ މަސައްތުވާތަކެތީގެ މައްސަލަތާ ގުޅިގެން މަޝްވަރާތައް ކުރެއްވި ކަމަށާއި ލަންކާގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގައި ރާއްޖޭގެ އެހީއަށްވެސް އެދިވަޑައިގެންނެވިއެވެ.

ލަންކާގެ ރައީސްގެ ޑިވިޝަނުން އެ ޤައުމުގެ ނޫސްތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި ރައީސްގެ ގެކޮޅު އަލުން ރާނާ ނިމުމުން ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންގހަ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އާ ބައްދަލު ކުރައްވަން ދައުވަތު ފޮނުއްވާނެއެވެ. އެމަނިކުފާނުގެ ގެކޮޅު އަލުން ރާނަނީ މިދިޔަ ޖުލައި މަހު އެ ޤައުމުގައި ހިންގި ހަމަނުޖެހުންތަކުގައި މުޒާހަރާ ކުރި ފަރާތްތަކުން އެ ގެކޮޅަށް ގެއްލުން ދީފައިވާތީއެވެ،

ލަންކާއިން ރާއްޖޭގެ އެހީއަށް އެދިފައިވާއިރު އެ ޤައުމުގެ އިގްތިސާދީ ހާލަތު ދަށްވެ އެކި ޤައުމުތަކުގެ އެހީއަށް ދަނީ އެދެމުންނެވެ.

- ކޮމެންޓް