ކ. މާލެ
|
22 ނޮވެންބަރ 2022 | އަންގާރަ 07:32
އީރާންގެ ކޯޗު ކުއިރޯޒް
އީރާންގެ ކޯޗު ކުއިރޯޒް
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
އީރާނުގެ ސިޔާސީ ކަންކަމާ ހުރެ ޤައުމީ ޓީމަށް އަސަރު ކުރޭ
 
އޭނާ ބުނީ އީރާން ޓީމުގެ ކުޅުންތެރިންގެ ހާލަތާއި މާހައުލު އޮތް ގޮތް އެންމެނަށް ވެސް އެނގޭނެ ކަމަށް

އީރާނުގައި ހިނގަމުންދާ ސިޔާސީ ކަންކަމުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު އީރާނުގެ ޤައުމީ ޓީމަށް ކުރާ ކަމަށް ކޯޗު ކާލޮސް ކުއިރޯޒް ބުނެފިއެވެ.

އޭނާ މިހެން ބުނީ ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އިންގްލެންޑު އަތުން ބަލިވި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ އީރާން ޓީމުގެ ކުޅުންތެރިންގެ ހާލަތާއި މާހައުލު އޮތް ގޮތް އެންމެނަށް ވެސް އެނގޭނެ ކަމަށެވެ. ކުއިރޯޒް ބުނީ އެ ޓީމުގެ ކުޅުންތެރިން ތިބެން ޖެހުނީ އެންމެ އެކަށީގެންވާ ފަދަ މާހައުލެއްގައި ނޫން ކަމަށެވެ. އޭނާ ބުނީ އެ ޤައުމުގައި ހިނގަމުންދާ ސިޔާސީ ކަންކަމުގެ އަސަރު ޓީމަށް ވަރަށް ބޮޑަށް ކުރާ ކަމަށެވެ.

ކުއިރޯޒް ބުނީ މެޗު ކުޅޭ ސްޓޭޑިއަމަށް އީރާނުގެ ސަޕޯޓަރުން ވަނުމަކުން މައްސަލައެއް ނެތް ކަމަށެވެ. އޭނާ ބުނީ އެ މީހުންގެ އަމިއްލަ ޤައުމު ކުޅެމުން އަންނައިރު، ދަނޑަށް ވަނުމުގެ ހައްގު ވެސް އޮންނަން ޖެހޭނެ ކަމަށެވެ. ނަމަވެސް އޭނާ ބުނީ ޓީމަށް އުނދަގޫ ކުރަން އަންނަ މީހުންނާއި، ފުޓުބޯޅަ ނޫން ކަންކަމުގައި އަންނަ މީހުންނަށް ދަނޑުން މަރުހަބާ ކިޔައިގެން ނުވާނެ ކަމަށެވެ.

މީގެ އިތުރުން ކުއިރޯޒް ބުނީ ފުޓުބޯޅަ ކުޅެން ބޭނުންވެފާ ތިބި ވަރުން ފާއިތުވި ދުވަސްތަކުގައި އީރާން ޓީމުގެ ކުޅުންތެރިން އުޅުނު ގޮތް އެއްވެސް މީހަަކަށް އިހުސާސް ނުވެދާނެ ކަމަށެވެ. އޭނާ ބުނީ އެކަން އެގޮތަށް ކުރީ އެމީހުންނަކީ ފުޓުބޯޅަ ކުޅޭ ބައެއްގެ ގޮތުގައި ތިބެން ބޭނުންވާތީ ކަމަށެވެ. ކުއިރޯޒް ބުނީ އެހެންވުމުން އީރާންގެ ކުޅުންތެރިންނަށް ޤައުމު ތަމްސީލުކޮށް، ރައްޔިތުންގެ ހައްގުގައި ކުޅުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށެވެ. ކުއިރޯޒް ވަނީ ކުޅުންތެރިންނަށް އެކަންކަމުގެ ނޭދެވޭ އަސަރު ކުރަމުން އަންނާތީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

މުބާރާތުގެ ފުރަތަމަ މެޗުން އީރާން ބަލިވިއިރު، އެ ޤައުމަށް ދެން އޮތީ 25 ވަނަ ދުވަހު ވޭލްސްއާ ދެކޮޅަށް ކުޅޭ މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް