ކ. މާލެ
|
22 ނޮވެންބަރ 2022 | އަންގާރަ 07:26
ޕްރެސްގައި ޑެންމާކުގެ ކޯޗު ހުލްމަޑު
ޕްރެސްގައި ޑެންމާކުގެ ކޯޗު ހުލްމަޑު
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
ރަނގަޅަށް ކުޅެފިނަމަ ޑެންމާކަށް ކޮންމެ ޤައުމެއް ވެސް ބަލި ކުރެވޭނެ: ހުލްމަޑު
 
އެކަން މިދިޔަ އަހަރުގައި ދައްކައިދީފައި ވާނެ ކަމަށް ހުލްމަޑު ބުނި

ރަނގަޅަށް ކުޅެފި ނަމަ ޑެންމާކަށް ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެ ކަމަށް އެ ޓީމުގެ ކޯޗު ކެސްޕާ ހުލްމަޑު ބުނެފިއެވެ.

ހުލްމަޑު މިހެން ބުނީ ފީފާ ވޯލްޑް ކަޕް ގްރޫޕް ޑީ ގައި އަންގާރަ ދުވަހުގެ ރޭ ޓިއުނީޝިޔާއާ ދެކޮޅަށް ނުކުތް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. ހުލްމަޑު ބުނީ ޑެންމާކަކީ ގްރޫޕް ޑީ ގައި ފޭވަރިޓުން ނޫން ކަމަށާއި، ވަރުގަދަ ޓީމުތަކާ ޑެންމާކާ ދެމެދު ބޮޑު ފަރަގެއް އޮތް ކަމަށެވެ. ނަމަވެސް އޭގެ މާނައަކީ ޑެންމާކަށް އެ ޓީމުތައް ބަލިނުކުރެވޭނެ ނޫން ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ރަނގަޅަށް ކުޅެފިނަމަ ޑެންމާކަށް ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެ ކަމަށެވެ. އަދި އެކަން މިދިޔަ އަހަރުގައި ދައްކައިދީފައި ވާނެ ކަމަށެވެ.

މީގެ އިތުރުން އޭނާ ވަނީ ކެޕްޓަން ބޭންޑުގެ މައްސަލަ އަށް ވެސް ވާހަކަ ދައްކާފައެވެ. ހުލްމަޑު ބުނީ ވަން ލަވް ކެޕްޓަން ބޭންޑު ނާޅަން ނިންމި ނިންމުން އެއީ ކުޅުންތެރިންގެ ނިންމުމެއް ނޫން ކަމަށެވެ. އެކަން އެގޮތަށް ކުރަން ޖެހުނު ސަބަބަކީ މެޗު ފެށުމުގެ ކުރިން ރީނދޫ ކާޑެއް ދައްކައި، އެ ކާޑާއެކު މެޗު ފެށުމަކީ ބިރަކަށްވުމުން ކަމަށެވެ. ނަމަވެސް އޭނާ ވަނީ ބޭންޑު އެޅުން ދިފާއުކޮށް ވާހަކަ ދައްކާފައެވެ.

މި ޕްރެސްގައި ޑެންމާކުގެ ކެޕްޓަން ސިމޮން ކިއޭ ބުނީ ޓީމުގައި ކްރިސްޓިއަން އެރިކްސަން ހިމެނިފައިވުމަކީ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އޭނާ ބުނީ އެރިކްސަން އަކީ އޭނާ އަށް ފެނުނު މޮޅު ކުޅުންތެރިޔެއް ކަމަށާއި، އޭނާގެ ހުނަރާއި، ކުޅުމުގެ ވައްޓަފާޅި އަކީ ޑެންމާކަށް ބޭނުންވާފަދަ ކުޅުމެއް ކަމަށެވެ. އިތުރަށް ސިމޮން ބުނީ ޑެންމާކު ޓީމުގައި އެރިކްސަން ހުރުމަކީ އެމީހުންނަަށް ލިބޭނެ ވަރަށް ބޮޑު ފައިދާއެއް ކަމަށެވެ.

ގްރޫޕް ޑީގައި ޑެންމާކު އަދި ޓިއުނީޝިޔާ ބައްދަލުކުރާ މެޗު އޮންނާނޯ އަންގާރަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 21:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް