ކ. މާލެ
|
21 ނޮވެންބަރ 2022 | ހޯމަ 18:16
"ސްކްރެޗް އެންޑް ވިން" ޕްރޮމޯ
"ސްކްރެޗް އެންޑް ވިން" ޕްރޮމޯ
ޕިއްޒާބޯނާ
ސްކްރެޗް އެންޑް ވިން
ގިނަ އިނާމުތަކާއި ޑިސްކައުންޓުތަކާއެކު ޕިއްޒާ ބޯނާގެ "ސްކްރެޗް އެންޑް ވިން" ޕްރޮމޯ ފަށައިފި
 
ޕިއްޒާ ފޮށީގައި އިންނަ ސްޓިކަރ ހުށަހެޅުމުން އިނާމު ލިބޭނެ
 
މިއީ ޑިސެމްބަރު 18 ގެ ނިޔަލަށް ކުރިއަށްގެންދާ ޕްރޮމޯޝަނެއް

ވޯލްޑް ކަޕް 2022 އާ ދިމާކޮށް ޕިއްޒާ ބޯނާގެ "ސްކްރެޗް އެންޑް ވިން" ޕްރޮމޯޝަން ފަށައިފިއެވެ.

މިއީ އަންނަ މަހުގެ 18 ގެ ނިޔަލަށް ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

ޕިއްޒާ ބޯނާއިން ބުނީ މި ޕްރޮމޯޝަންގެ ތެރެއިން ޕިއްޒާ ބޯނާގެ ޕިއްޒާ ފޮށިތަކުގައި ތަތްކޮށްފައިވާ ޚާއްސަ ސްޓިކަރ ކަހާލުމުން އިނާމުތަކާއި، ޑިސްކައުންޓް އަދި ވައުޗަރ ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ. މިގޮތުން މި އިނާމުތައް ހޯދުމަށް 31 ޑިސެމްބަރުގެ ކުރިން ޕިއްޒާ ބޯނާގެ އައުޓްލެޓަކަށް އެ ސްޓިކަރ ހުށަހަޅަންޖެހެއެވެ.

އެގޮތުން ފްރީ ޕިއްޒާ ލިބުމާއި، ޑައިން-އިން އޯޑަރުތަކުން 10 އިންސައްތައިގެ ޑިސްކައުންޓް ލިބިގެންދާނެ ކަމަށާއި، ޓޭކްއަވޭ އޯޑަރުތަކުން 5 އިންސައްތައިގެ ޑިސްކައުންޓް ލިބިގެންދާނެއެވެ. މީގެ އިތުރުން ޕިއްޒާ ވައުޗަރއެއް ހޯދުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ލިބޭނެއެވެ. 500ރ. ގެ ވައުޗަރު ޕިއްޒާ ބޯނާގައި ޑައިން-އިން ކުރަން ބޭނުންކުރެވޭއިރު 100ރ، ގެ ވައުޗަރުން ޕިއްޒާއާއި ސަބްމެރިން ޓޭކްއަވޭގެ ގޮތުގައި ނެގޭނެއެވެ. އަދި ތިން ސްޓިކަރ އެއްފަހަރާ ހުށަހެޅުމުން 500ރ. ގެ އަގުހުރި ޕާޓީ ޕެކެއް ލިބިގެންދާނެ ކަމަށް ޕިއްޒާ ބޯނާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުންވެސް ޕިއްޒާ ބޯނާއިން ގެންދަނީ ވޯލްޑް ކަޕާ ދިމާކޮށް އެ ކުންފުނީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ގިނަ ޕްރޮމޯޝަންތަކެއް ކުރިއަށްގެންދަމުންނެވެ. މިގޮތުން ސްކޯ ދިމާކޮށްގެން ހިލޭ ޕިއްޒާ ލިބޭ ޕްރޮމޯޝަންތައް ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
50%
0%
50%
ކޮމެންޓް