ކ. މާލެ
|
21 ނޮވެންބަރ 2022 | ހޯމަ 16:45
އިންގްލެންޑުގެ ކެޕްޓަން ކޭން، ވަން ލަވް ބޭންޑުގައި
އިންގްލެންޑުގެ ކެޕްޓަން ކޭން، ވަން ލަވް ބޭންޑުގައި
ޓްވީޓަރ
ފީފާ ވޯލްޑް ކަޕް
ގޮތްދޫކޮށް، "ރެއިންބޯ ބޭންޑް" ނާޅަން ޓީމުތަކުން ނިންމައިފި
 
ރެއިންބޯ ކެޕްޓަން ބޭންޑު އަޅާނެކަމަށް ބުނެ އެކަމަށް ވަކާލާތު ކުރި ގައުމުތަކަކީ؛ އިނގިރޭސިވިލާތް، ޖަރުމަނު، ބެލްޖިއަމް، ނެދަލޭންޑްސް، ވޭލްސް، ސްވިޒަލޭންޑް އަދި ޑެންމާކް

އެންމެ ފަހުން ގޮތް ދޫކޮށް, ފީފާ ވޯލްޑް ކަޕްގައި ރެއިންބޯ ކެޕްޓަން ބޭންޑު ނާޅަން ޓީމުތަކުން ނިންމައިފިއެވެ.

މިއަހަރުގެ މުބާރާތާ ދިމާކޮށް ޔޫރަޕުގެ ބައެއް ގައުމުތަކުގެ ކެޕްޓަނުން ވަނީ ރެއިންބޯ ކެޕްޓަން ބޭންޑު އަޅަން ނިންމާފައެވެ. ނަމަވެސް ގަތަރުން ވަނީ އެ ބޭންޑު ނޭޅޭނެކަމަށް އަންގާފައެވެ. އެއާއެކުވެސް ބައެއް ގައުމުތަކުގެ ކެޕްޓަނުން ވަނީ އެކަމާ ދެކޮޅުހަދައި، ބޭންޑު އަޅާނެކަން ހާމަކޮށްފައެވެ.

ރެއިންބޯ ކެޕްޓަން ބޭންޑު އަޅާނެކަމަށް ބުނެ އެކަމަށް ވަކާލާތުކުރި ގައުމުތަކަކީ; އިނގިރޭސިވިލާތް، ޖަރުމަނު، ބެލްޖިއަމް، ނެދަލޭންޑްސް، ވޭލްސް، ސްވިޒަލޭންޑް އަދި ޑެންމާކެވެ. އީރާން މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައިވެސް އިނގިރޭސިވިލާތުގެ ކެޕްޓަން ހެރީ ކޭން ވަނީ ވަރަށް ބޮޑަށް އެ ވާހަކަ ދައްކާފައެވެ. އޭނާ ބުނީ އެކަމުގައި އެމީހުންގެ ވިސްނުން ސާފުކަމަށާއި، އެ ވިސްނުން ބަދަލުކުރަން ބޭނުންވެސް ނުވާކަމަށެވެ.

ނަމަވެސް އެ ބޭންޑު އަޅައިގެން މެޗު ކުޅެފިނަމަ އެ ކުޅުންތެރިންނަށް އަދަބު ލިބިދާނެތީ މިހާރު ވަނީ އެކަން ނުކުރަން ނިންމާފައެވެ. އެގޮތުން އެ ބޭންޑު އަޅައިފިނަމަ، ރީނދޫ ކާޑު ދައްކާނެ ކަމަށް ވެސް ބޭރުގެ ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. މީގެ އިތުރުން އެ ބޭންޑު އަޅާ ކެޕްޓަނަކު ދަނޑުން ފޮނުވާލުމުގެ ބިރު ވެސް ވަނީ ބޮޑުވެފައެވެ. އެހެންވެ އެ ގައުމުތަކުގެ ކެޕްޓަނުން ނިންމީ އެ ބޭންޑު ނޭޅުމަށެވެ.

ޓީމުތަކުގެ ކެޕްޓަނުންނަށް އެކަން ބަދަލުކުރަން މަޖުބޫރުވީ ގަތަރުގެ އުސޫލުތަކުގެ ސަބަބުންނެވެ. ޤަތަރުން ވަނީ މުބާރާތާ ގުޅިގެން އިސްލާމްދީނާ ޚިލާފު ކަންކަމަށް ޖާގަ ނުދޭނެ ކަމަށް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
6%
73%
2%
3%
3%
13%
ކޮމެންޓް