ކ. މާލެ
|
10 ނޮވެންބަރ 2022 | ބުރާސްފަތި 07:25
މަޔޯކާ އާއި އެތުލެޓިކޯ ކުޅުނު މެޗުގެ ތެރެއިން
މަޔޯކާ އާއި އެތުލެޓިކޯ ކުޅުނު މެޗުގެ ތެރެއިން
ޓްވިޓަރ
ސްޕެނިޝް ލީގު
މަޔޯކާ އަތުން ވެސް އެތުލެޓިކޯ ބަލިވެއްޖެ
 
މަޔޯކާގެ ދަނޑުގައި އެ ޓީމުން އެތުލެޓިކޯ ބަލިކުރީ 1-0 އިން

ސްޕެނިޝް ލީގުގައި މަޔޯކާއާ ދެކޮޅަށް ކުޅުނު މެޗުން ވެސް އެތުލެޓިކޯ ބަލިވެއްޖެއެވެ.

ލީގުގައި އެންމެ ފަހުން އެސްޕަންޔޯލާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީއިރު، ކާޑިޒްއާ ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ. މި ސީޒަންގައި އެތުލެޓިކޯގެ ފަރާތުން ދަށް ކުޅުމެއް ފެންނައިރު، ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން އެ ޓީމު ވަނީ ކަޓައިފައެވެ.

މަޔޯކާގެ ދަނޑުގައި މެޗު ފަށައިގެން އެތުލެޓިކޯ އިން ވަނީ ލަނޑު ޖެހުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް މެޗުގެ 16 ވަނަ މިނެޓުގައި ހައުމް ކޮސްޓާ ތަނަވަސްކޮށްދިން ފުރުސަތަކުން ވެޑާޓް މުރީގީ ވަނީ މަޔޯކާ އަށް ލީޑު ނަގައިދީފައެވެ. އޭގެ ފަސް މިނެޓު ފަހުން އެތުލެޓިކޯ އިން ލަނޑެއް ޖެހިއެވެ، އަލްވާރޯ މޮރާޓާ ލަނޑެއް ޖަހައި އެތުލެޓިކޯ އަށް އުންމީދެއް ހޯދައިދިން ނަމަވެސް، ވީއޭއާރުން ވަނީ ލަނޑު ބަލައި ނުގަންނަން ނިންމާފައެވެ.

މެޗުން ބަލިވެ އެތުލެޓިކޯ އޮތީ ތާވަލްގެ ހަ ވަނަ މަގާމުގައެވެ. އެއީ އެ ޓީމު ކުޅުނު 14 މެޗުން 24 ޕޮއިންޓާއެކުއެވެ. އެތުލެޓިކޯ އަތުން މޮޅުވި މަޔޯކާ އޮތީ 19 ޕޮއިންޓާއެކު 10 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް