ކ. މާލެ
|
8 ނޮވެންބަރ 2022 | އަންގާރަ 21:55
މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ސައިކަލު ދުއްވަން ދަސްކުރާ ސަރަހައްދު
މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ސައިކަލު ދުއްވަން ދަސްކުރާ ސަރަހައްދު
ޑްރައިވިން ސްކޫލް
މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ސައިކަލު ދުއްވަން ދަސްކުރުން ހުއްޓުވައިފި
 
ޑްރައިވިން ދަސްކުރުމަށް ހުޅުމާލެއިން ސަރަހައްދެއް ކަނޑައަޅާފައިވޭ
 
ޑްރައިވިން ހުއްޓުވާފައިވަނީ އެއީ ހެވީ ވެހިކަލް ހަރަކަތްތެރިވާ ސަރަހައްދަކަށް ވާތީ

މާލެ ސަރަހައްދުގެ ޑްރައިވިން ސްކޫލުތަކުންދާ ފަރާތްތަކުން، މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ވެހިކަލް ދުއްވަން ދަސްކުރަން ދުއްވާ ދުއްވުންތައް ފުލުހުން ހުއްޓުވައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދިން ޑްރައިވިން ސްކޫލަކުން ބުނީ އަންގާރަ ދުވަހުގެ ހަވީރު ފުލުހުން އެ ސަރަހައްދަށް ގޮސް ޑްރައިވިން ހުއްޓުވާފައިވާކަމަށެވެ. އެވަގުތު އެތަނުގައި ވަރަށް ގިނަ ޑްރައިވިންގ ސްކޫލުތަކުން ހަރަކާތްތެރިވަމުންދިޔަ ކަމަށް އޭނާ ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތުދެމުން ފުލުހުން ބުނީ އެ ސަރަހައްދުގައި ސައިކަލު ދުއްވުން ދަސްކުރުން ހުއްޓުވާފައިވަނީ މަގު ބަންދުކޮށްގެން އެކަން ކުރަމުންދިޔުމުން ކަމަށެވެ. އަދި އެއީ ބަންޑާރަ މަގަކަށް ވެފައި، އެތަނަކީ ހެވީ ވެހިކަލްވެސް ހަރަކަތްތެރިވަމުންދާ ތަނަކަށްވާތީ، އެތަނުގައި ސައިކަލު ދުއްވަން ދަސްކުރަން ހަރަކާތްތެރިވުން ރައްކާތެރި ނޫންކަމަށް ފުލުހުން ބުނެފައިވެއެވެ.

މިހާރު ޑްރައިވިން ދަސްކުރަން ހުޅުމާލެއިން ސަރަހައްދެއް ވަނީ ޚާއްސަކޮށްފައެވެ. ފުލުހުން ބުނީ އެ ސަރަހައްދުގައި އެއްވެސް ހުރަހެއް ނެތި ސައިކަލު ދުއްވަން ދަސްކުރެވޭނެ ކަމަށެވެ.

އެހެންނަމަވެސް ޑްރައިވިންގ ސްކޫލްތަކުން ފާހަގަކުރާގޮތުގައި މާލޭގައި ހަރަކަތްތެރިވާ ހުރިހާ ޑްރައިވިން ސްކޫލުތަކަށް ހަރަކާތްތެރިވެވޭނެ ޖާގައެއް އެތަނުގައެއް ނެތެވެ. އެހެންކަމުން އެއީ އެމީހުންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއްކަމުގައި ޑްރައިވިންގ ސްކޫލްތަކުން ފާހަގަކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
20%
30%
20%
0%
30%
ކޮމެންޓް
ގުޅުންހުރި