ކ. މާލެ
|
6 ނޮވެންބަރ 2022 | އާދީއްތަ 15:32
މޭރީގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރަނީ މޭރީގެ ފިރިމީހާ ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މާރވިން އެސް.ވައި ވާރގަސްއާއި ޅ.ހިންނަވަރު، މާފިނި، ހަލީމަތު ލަމްޙާ އަބްދުއްރަހްމާނުގެ މައްޗަށް
މޭރީގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރަނީ މޭރީގެ ފިރިމީހާ ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މާރވިން އެސް.ވައި ވާރގަސްއާއި ޅ.ހިންނަވަރު، މާފިނި، ހަލީމަތު ލަމްޙާ އަބްދުއްރަހްމާނުގެ މައްޗަށް
ރާއްޖެއެމްވީ
ލަމްހާ އާ މާވިންއަށް ކުރާ ދައުވާ
މާވިންއާ ލަމްހާއަށް ކުރާ ދައުވާ އާ ގުޅިގެން އިތުރު 2 ހެއްކެއްގެ ހެކިބަސް ނަގައިފި
މޭރީއާއި މާވިން ދިރިއުޅުނު ގޭގައި އުޅުނު ދެމީހެއްގެ ހެކިބަސް ވަނީ ނަގާފައި
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދު

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި، އޭނާގެ ފިރިމީހާ މާވިން އެސްވައި ވާރގަސް އާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ހިންގާ ޝަރީއަތުގެ ހެކިބަސް ނެގުމުގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމުގެ މަރުޙަލާއެވެ. އެގޮތުން އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ވަނީ މޭރީއާއި މާވިން ދިރިއުޅުނު ގޭގައި އުޅުނު ދެމީހެއްގެ ހެކިބަސް ނަގާފައެވެ.

އެ ދެ ހެކިވެރިންވެސް ވަނީ މއ އުދުހޭކޮކާގެއަށް ވަދެ ނުކުންނަ ގޮތާއި، ސިޑިން އަރާ ފޭބުމުގެ އިންތިޒާމުތަކާއި ގުޅޭގޮތުން ހެކިބަސް ދީފައެވެ. އެ ދެމީހުންނަކީވެސް އެ ޙާދިސާ ހިނގާފައިވާކަމަށް ބެލެވޭ ދުވަހުގެ މެންދުރުގެ ވަގުތެއްގައި އެ ގެއަށް ވަދެ ނުކުމެފައިވާ މީހުންނެވެ.

އޭގެ ތެރެއިން ދެވަނައަށް ހާޒިރުވި ހެކިވެރިޔާ ވަނީ އޭނާ ދަރިފުޅު ބަލާ ސުކޫލަށް ގޮސްފައި އައިސް ގެއަށް ވަންއިރު، އެއްވެސް އަޑެއް އިވޭތޯ އޭނާގެ ދަރިފުޅު އޭނާއާ ސުވާލުކުރިކަމަށް ބުނެފައެވެ. އޭނާއަށްވެސް އަޑެއް އިވުނުހެން ހީވިކަމަށް އޭނާ ހެކިބަސް ދެމުން ބުންޏެވެ.

އޭނާ ބުނި ގޮތުގައި އޭގެ ދެތިން ދުވަސް ކުރިން މަގުމަތިން ބަޔަކު އަރައިރުން ވެފައިވާތީ އޭނާއަށްވެސް ހީވީ އެއީ މަގުމަތިން އިވުނު އަޑެއް ކަމަށެވެ. ނަމަވެސް އެކަމުގެ މާބޮޑު ތަފްސީލަކަށް ގޮސްފައެއް ނުވެއެވެ.

މި މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ލަމްހާގެ ވަކީލުން ވިދާޅުވީ، މި މައްސަލައިގައި ދައުލަތުން ހުށައެޅި ލިއެކިއުންތަކުގެ ތެރޭގައި މޭރީއާއި މާވިންއާ ދެމެދުގައި ފިލިޕީންސް ބަހުން ދެކެވިފައިވާ ވާހަކަތަކެއްގެ ލެޓިން ޗެޓްލޮގްތަކެއް ހިމެނޭ ކަމަށާއި، އެ ޗެޓްލޮގްތައް ތަރުޖަމާ ކުރުމަށް ދިފާއުން އެދޭކަމަށް ވިދާޅުވެފައެވެ. އެގޮތުން ތަރުޖަމާކޮށް ނުދެވޭނަމަ، އެ ލިއުން ބަލައިނުގަތުމަށްވެސް ދިފާއުން އެދިފައިވެއެވެ.

އެކަމާ ގުޅޭގޮތުން އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ގާޒީ ވިދާޅުވީ، އެ ނުކުތާއަކީ ޝަރީއަތުގެ ކުރީގެ މަރުޙަލާގައި ފާހަގަ ކުރެވެން އޮތް ނުކުތާއެއް ކަމަށާއި، ރިޕޯޓު ތައްޔާރު ކުރެއްވި ފަރާތުގެ ހެކިބަސް ނެގުމުން ދިފާއަށްވެސް ކުރަން ބޭނުންވާ ސުވާލުތައް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން، މޭރީގެ މެޑިކަލް ލިއުންތައް އައިޖީއެމްއެޗުން ހޯދުމަށް ދައުލަތަށް މީގެ ކުރިންވެސް ފުރުސަތު ދެއްވާފައިވާއިރު، ހޯމަ ދުވަހުގެ ނިޔަލަށް ޝަރީއަތަށް އެ ލިއުންތައް ހިއްސާ ކުރުމަށްވެސް ގާޒީ ވަނީ ދަންނަވާފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް