Advertisement
ކ. މާލެ
|
29 އޮކްޓޯބަރ 2022 | ހޮނިހިރު 21:54
ގަލޮޅު ސަހަރާ ކައިރިއަށް އަބްދުﷲ ރަޝީދުގެ އާއިލާގެ މީހުން އެއްވެފައި
ގަލޮޅު ސަހަރާ ކައިރިއަށް އަބްދުﷲ ރަޝީދުގެ އާއިލާގެ މީހުން އެއްވެފައި
ރާއްޖެއެމްވީ
އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ
އަބްދުﷲ ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ހޯމަ ދުވަހު ގެންދަން އުޅޭކަން އެނގުނީ ޝަރީއަތުގެ އަޑުއެހުމުގައި: ވަކީލް
ފުލުހުން މި މައްސަލައިގައި އަމަލުކޮށްފައިވަނީ ރަނގަޅަކަށް ނޫން

ފުލުހުންގެ ބެލުމުގައި ދަށުގައި ހުއްޓާ ނިޔާވި އަބްދުﷲ ރަޝީދުގެ މަރުގެ ތަހުގީގަށް ޕޯސްޓުމޯޓަމް ހެދުމަށް ހަށިގަނޑު 31 އޮކްޓޯބަރުގައި ރާއްޖޭއިން ބޭރަށް ގެންދަން އުޅޭކަން ވެސް އާއިލާއަށް އެނގުނީ ހޮނިހިރު ދުވަހު ކުރިއަށް ދިޔަ ޝަރީއަތުގެ އަޑުއެހުމުގައި ކަމަށް އަބްދުﷲ ރަޝީދުގެ އާއިލާގެ ވަކީލު މުހައްމަދު ރާގިބު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ 14:00 ޖެހިއިރު ސިވިލް ކޯޓުގައި މި މައްސަލައިގެ އަޑުއެހުމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ އަޑުއެހުން ނިންމަވާލެއްވުމަށް ސަންގުޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރާގިބު ވިދާޅުވީ އެންމެ ފުރަތަމަ ކަމަކަށް، އަބްދުﷲ ރަޝީދު ފުލުހުން ހައްޔަރު ކުރީ ވެސް ޤާނޫނާއި ޚިލާފަށް ކަމަށެވެ.

ފުލުހުން ބާރުގެ ބޭނުންކޮށްގެން އަބްދުﷲ ރަޝީދުގެ ހަށިގަނޑު މޯޗަރީއަށް ލާފައިވާކަމަށް ތުހުމަތު ކުރައްވާ ރާގިބު ވިދާޅުވީ އަބްދުﷲ ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ހޯމަ ދުވަހު ގެންދަން އުޅޭކަން ވެސް އެނގުނީ ޝާރިއަތުގެ އަޑުއެހުމުގައި ކަމަށެވެ. އަދި މީގެކުރިން ފުލުހުން އާއިލާއަށް އެކަން އަންގާފައިނުވާ ކަމަށެވެ.

އާއިލާ އިން ދަނީ އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ހަދަން ދެކޮޅު ހަދަމުންނެވެ.

Advertisement

ރާގިބް ވަނީ އަބްދުﷲ ރަޝީދު ހައްޔަރު ކުރުމަށްފަހު އާއި ފަރުވާ ދިނުމުގައި ވެސް ފުލުހުން އަމަލުކޮށްފައިވާ ގޮތާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ވެސް ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދާނެ ކަމަށް ބުނެ އެ ކޮމިޝަނުން ބަޔާނެއް ވެސް ވަނީ ނެރެފައެވެ.

ޢަބްދުﷲ ރަޝީދު މަރުވި ޙާދިސާގައި ކަންހިނގައި ދިޔަ ގޮތް އިންސާފުވެރިކަމާއެކު، ރަނގަޅަށް ތަހުގީގުކުރުމަށް އިރުޝާދު ދެއްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ހުކުރު ދުވަހު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ މި މައްސަލައިގައި ކަން ހިނގަމުންދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް