ކ. މާލެ
|
23 އޮކްޓޯބަރ 2022 | އާދީއްތަ 07:28
ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ފިއެސްޓާ ނިންމުމުގެ ރަސްމިއްޔާތުގައި
ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ފިއެސްޓާ ނިންމުމުގެ ރަސްމިއްޔާތުގައި
ރައީސް އޮފީސް
ނެސްލޭ ކިޑްސް ފުޓްބޯޅަ ފިއެސްޓާ
"ނެސްލޭ ކިޑްސް ފުޓްބޯޅަ ފިއެސްޓާ" ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވައިފި
މިއީ ގްރޭޑް 3 އަދި 4 ގައި ކިޔަވާ ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ ފިއެސްޓާއެއް

"ނެސްލޭ ކިޑްސް ފުޓްބޯޅަ ފިއެސްޓާ" ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މިއީ ގްރޭޑް 3 އަދި 4 ގައި ކިޔަވާ ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ ފިއެސްޓާއެކެވެ. މި ފިއެސްޓާ ނިންމުމުގެ ރަސްމިއްޔާތު އޮތީ ހޮނިހިރު ދުވަހުގެ ހަވީރު ހެންވޭރު ބޯޅަ ދަނޑުގައެވެ.

މި މުބާރާތަކީ ސޮކަރ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. މި މަހުގެ 19 އިން 22 އަށް ކުރިއަށް ގެންދިޔަ މި ފިއެސްޓާގައި މާލޭ ސަރަޙައްދުގެ 20 ސްކޫލަކުން ޖުމްލަ 720 ދަރިވަރުން ބައިވެރިވެފައިވެއެވެ.

މި ރަސްމިއްޔާތުގައި ސޮކަރ ވެޓެރަންސް އެސޯސިއޭޝަންގެ ފަރާތުން ވަނީ "ފިއެސްޓާ ލޯގޯ" ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައެވެ. އަދި ރައީސް ވަނީ ފިއެސްޓާގެ ޗެންޕިއަން ޓީމުތަކަށް މެޑަލް އަދި ތަށި ހަވާލުކޮށްދެއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް