ކ. މާލެ
|
22 އޮކްޓޯބަރ 2022 | ހޮނިހިރު 12:26
ރުބެން ޑުވެސް
ރުބެން ޑުވެސް
ޓްވީޓަރ
ރުބެން ނެވެސް
"ބާސެލޯނާ އަށް ކުޅުމަކީ ހުރިހާ ކުޅުންތެރިން ވެސް ބޭނުންވާ ކަމެއް"
 
އޭނާ ވަނީ ބާސެލޯނާ އަށް ނުކުޅޭނީ ކޮން ކުޅުންތެރިޔެއްތޯ ސުވާލުވެސް އުފައްދާފައި

ސްޕެއިންގެ ބާސެލޯނާ އަށް ކުޅުމަކީ ކޮންމެ ކުޅުންތެރިޔަކު ވެސް ބޭނުންވާނެ ކަމެއް ކަމަށް ޕޯޗުގަލްގެ މިޑްފީލްޑަރު ރުބެން ނެވެސް ބުނެފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ވުލްވްސް އަށް ކުޅެމުން އަންނަ ޒުވާން މިޑްފީލްޑަރު މިހެން ބުނީ ބާސެލޯނާ އިން އޭނާ ހޯދަން މަސައްކަތް ކުރާ ކަމަށް ރިޕޯޓުތައް ބުނާ ވަގުތެއްގައެވެ. ރިޕޯޓުތަކުގައިވާ ގޮތުން ބާސެލޯނާއާ އޭނާއާ ދެމުދު ވާހަކަތަކެއް ދެކެވުނެވެ.

އެކަމާ ގުޅިގެން ނެވެސް ބުނީ އާންމުކޮށް އެއްޗެއް ބުނާނަމަ، ބާސެލޯނާ އަށް ކުޅުމަކީ ކޮންމެ ކުޅުންތެރިޔަކު ވެސް ބޭނުންވާނެ ކަމެކެވެ. އޭނާ ބުނީ ބާސެލޯނާ އަކީ ދުނިޔޭގައި އޮތް އެންމެ މޮޅު އެއް ކުލަބު ކަމަށާއި، ބާސެލޯނާއާ ވާހަކަތަކެއް ދެކެވުމަކީ ވެސް އޭނާ އަށް ލިބޭ އުފަލެއް ކަމަށެވެ. އޭނާ ވަނީ ބާސެލޯނާ އަށް ނުކުޅޭނީ ކޮން ކުޅުންތެރިޔެއްތޯ ސުވާލުވެސް އުފައްދާފައެވެ.

އާންމުކޮށް ބުނާނަމަ ބާސެލޯނާ އަށް ކުޅުމަކީ ކޮންމެ ކުޅުންތެރިޔަކު ވެސް ބޭނުންވާނެ ކަމެއް. އެއީ ދުނިޔޭގައި އޮތް އެންމެ މޮޅު އެއް ކުލަބު. ބާސެލޯނާއާ ވާހަކަ ދެއްކުމަކީ އަހަރެންނަށް ލިބޭ އުފަލެއް.
ރުބެން ނެވެސް

ޕޯޓޯ އިން ސީނިއާ ކެރިއަރު ފެށި ނެވެސް ވުލްވްސް އަށް ބަދަލުވީ 2017 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ އެ ޓީމަށް ކުޅެދިން 223 މެޗުން 26 ލަނޑު ޖަހާފައެވެ. މީގެ އިތުރުން އޭނާ އަންނަނީ 2015 ވަނަ އަހަރުން ފެށިގެން ޕޯޗުގަލްގެ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
33%
0%
67%
ކޮމެންޓް