ކ. މާލެ
|
14 އޮކްޓޯބަރ 2022 | ހުކުރު 12:58
ރާއްޖޭގެ އުތުރުގެ ކަނޑުތައް އަދިވެސް ގަދަވާނެ
ރާއްޖޭގެ އުތުރުގެ ކަނޑުތައް އަދިވެސް ގަދަވާނެ
ރާއްޖެއެމްވީ
މޫސުން ގޯސްވުން
މޫސުން ގޯސް، ކަނޑުމައްޗާއި މަގުމަތީގެ ހާދިސާތަކުން ރައްކާތެރިވޭ!
ދަތުރަކަށް ފެށުމުގެ ކުރިން، މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އެދިފައިވޭ

ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ ވައިބާރުވެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑު ދަތުރުފަތުރު ކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

މިކަމަށް އިލްތިމާސްކޮށް ފުލުހުން ބުނީ، ދަތުރަކަށް ފެށުމުގެ ކުރިން، މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއެކު އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި އުޅަނދުގައި ފުރިހަމަވެފައި ހުންނަންޖެހޭ މުވާސަލާތީ ވަސީލަތްތަކާއި ލައިފް ޖެކެޓު ހަމައަށް ހުރިތޯ ބަލައި އެ ތަކެތި ހުރީ ބޭނުންކުރެވޭފަދަ ހާލަތުގައިތޯ ޔަގީންކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި އެ އުޅަނދަކަށް އެކަށީގެންވާ ވަރަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.

މީގެ އިތުރުން، މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު އެއްގަމު އުޅަނދު ދުއްވުމުގައާއި މަގުމަތީގައި ހިނގާބިނގާވެ އުޅުމުގައިވެސް ހިނގާފާނެ ހާދިސާއަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

އެގޮތުން، އަތޮޅުތެރެއާއި، މާލެ އަދި ހުޅުމާލޭގެ މަގުތަކާއި ބުރިޖު ބޭނުންކުރުމުގައިވެސް ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމާއެކު އުޅަނދު ކަހާލުން ފަދަ ހާދިސާއެއް ދިމާނުވާނޭހެން އިތުރު ސަމާލުކަމެއް ދިނުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި މުދާ އުފުލުމުގައިވެސް ހިނގާފާނެ ހާދިސާއަކުން ރައްކާތެރިވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައިވެއެވެ.

އަދި ހަމަ އެހެންމެ އިމާރާތްތަކުގެ ޓެރަސް ނުވަތަ ބެލްކަނީގައި ބަހައްޓާފައި ހުންނަ ގަސް މުށި އަދި އެހެނިހެން ތަކެތިވެސް ވަޔާ ބިންމައްޗަށް ނުވެއްޓޭނޭހެން ރަނގަޅަށް ހަރުކޮށްފައި ބެހެއްޓުމަށް އިލްތިމާސްކޮށްފައިވާ އިރު، ކޮންސްޓްރަކްޝަން ސައިޓުތަކުގައި މަސައްކަތްކުރުމުގައިވެސް މަގުމައްޗަށް އެއްވެސް އެއްޗެއް ނުވެއްޓޭނޭހެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައިވެއެވެ.

- ކޮމެންޓް