ކ. މާލެ
|
13 އޮކްޓޯބަރ 2022 | ބުރާސްފަތި 15:23
އެފްއައިވީބީ ބީޗް ވޮލީ ޓުވަރގެ ތެރެއިން
އެފްއައިވީބީ ބީޗް ވޮލީ ޓުވަރގެ ތެރެއިން
އަދަދު
އެފްއައިވީބީ ބީޗް ވޮލީ ޓުވަރ
ކޮލިފައިންގ ބުރުގައި ތައިލެންޑު އަތުން ކޯކޭއާއި ޑެންޒޯއަށް ނާކާމިޔާބު
 
މެޗުން ރާއްޖެ ބަލިވީ ސީދާ ދެ ސެޓުން

ސަން އައިލެންޑު ރިސޯޓުގައި ކުރިއަށް ދުނިޔޭގެ ވޮލީ ބޯޅައިގެ މައި އިދާރާ (އެފްއައިވީބީ) ބީޗް ޕްރޯގެ ކޮލިފައިންގ ބުރުގައި ރާއްޖޭގެ އަޙުމަދު މުޙައްމަދު (ކޯކޭ) އަދި މުޙައްމަދު ޢަލީ (ޑެންޒޯ)ގެ ޕެއަރ ބަލިވެއްޖެއެވެ.

ސަން އައިލެންޑުގައި މުބާރާތް ފެށީ ބުރާސްފަތި ދުވަހުއެވެ. ކޮލިފައިން ބުރުގައި ރާއްޖޭގެ ކޯކޭއާއި ޑެންޒޯ ވާދަކުރީ ތައިލެންޑުގެ އެއްވަނަ ޕެއަރއާއެވެ. އެއީ ސުރީންއާއި ބަންލުއީގެ ޕެއަރއެވެ. މެޗުން ރާއްޖެ ބަލިވީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ދެ ސެޓުވެސް ތައިލެންޑުން ހޯދީ ލީޑުގައި އޮވެގެންނެވެ. ތައިލެންޑުން ފުރަތަމަ ސެޓު ކާމިޔާބުކުރީ 21-10ންނެވެ. އަދި ދެ ވަނަ ސެޓު ކާމިޔާބުކުރީ 21-16ންނެވެ. ފުރަތަމަ ސެޓާ ޚިލާފަށް ދެ ވަނަ ސެޓުގައި ކޯކޭއާއި ޑެންޒޯ ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.

ބީޗް ވޮލީ ޓުވަރގައި ރާއްޖެއިން ދެން ވާދަކުރީ އިސްމާޢީލް ސާޖިދު (ކުޑަކާއްޓޭ) އަދި އާދަމް ނަސީމް (އެޑަމް)ގެ ޕެއާއެވެ. މި ޕެއަރއަށް ވަނީ މެއިން ޑްރޯއިން ފުރުސަތު ލިބިފައެވެ. މެއިން ޑްރޯ ބައިގައި ވާދަކުރާނީ 16 ޓީމެކެވެ. އެއީ ބުރާސްފަތި ދުވަހު ކޮލިފައިން ބުރު ކާމިޔާބުކުރި އަށް ޓީމާއެކުއެވެ. ކުޑަކާއްޓޭއާއި އެޑަމްގެ މެޗު އޮންނާނީ ހުކުރު ދުވަހުއެވެ.

މި ޓުވަރގައި 28 ގައުމަކުން ދުނިޔޭގެ ފެންވަރުގެ 80 ކުޅުންތެރިން ވާދަކުރެއެވެ. މީގެ އިތުރުން މި ޓުވަރއަކީ މިހާތަަނަށް ރާއްޖޭގައި ބާއްވާ އެންމެ ރޭންކު މަތި މުބާރާތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް