ކ. މާލެ
|
12 އޮކްޓޯބަރ 2022 | ބުދަ 22:34
އިކޮނޮމިކް މިނިސްޓްރީގެ މޮނީޓަރިންގް އެންޑް އިވެލުއޭޝަން ސްޕެޝަލިސްޓް އައިޝަތު ޝަމްރަތް ވަހީދު އާއި ޖޮބް ސެންޓަރުގެ ކޮންޓެންޓް މެނޭޖަރު އަޝްފާ ޚާލިދު
އިކޮނޮމިކް މިނިސްޓްރީގެ މޮނީޓަރިންގް އެންޑް އިވެލުއޭޝަން ސްޕެޝަލިސްޓް އައިޝަތު ޝަމްރަތް ވަހީދު އާއި ޖޮބް ސެންޓަރުގެ ކޮންޓެންޓް މެނޭޖަރު އަޝްފާ ޚާލިދު
ރާއްޖެއެމްވީ
ވައިސް ޕްރޮގްރާމް
ކުރިއަތް އޮތް 3 ނޫނީ 4 މަސް ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ވައިސް ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ނިންމާފައިވޭ: ޝަމްރަތް
 
ތަމްރީން ޕްރޮގްރާމް ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދާނެ

ދެމެހެއްޓެނެވި ތަރައްޤީގައި އަންހެނުން ޕްރޮގްރާމް ކުރިއަތް އޮތް 3 ނޫނީ 4 މަސް ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ މޮނީޓަރިންގް އެންޑް އިވެލުއޭޝަން ސްޕެޝަލިސްޓް އައިޝަތު ޝަމްރަތް ވަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަމްރަތު ވިދާޅުވީ ދެމެހެއްޓެނިވި ވިޔަފާރީގައި އަންހެނުންނަށް އަމާޒުކޮށް ހިންގާ ޕްރޮގްރާމަކީ އަންހެނުން ބާރުވެރި ކުރުވުމާއި އަންހެނުން މި ދާއިރާއިން ކުރިއެރުވުމަށް މަސައްކަތް ކުރުމަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ވިމެން ޑިވަލޮޕްމަންޓް ކޮމިޓީގެ މެމްބަރުންނަށް ކަމަށާއި އަމިއްލަ ވިޔަފާރި ފަށަން ބޭނުންވާ އަންހެނުންނަށް ކަމަށް ވެސް ވިދާޅުވިއެވެ.

ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އަންހެނުންގެ އިތުރުން ފިރިހެންނަށާއި ޒުވާނުންނަށް ވެސް ހުޅުވާލާފައިވާ ކަމަށް ވިދާޅުވިއެވެ.

ތަމްރީން ޕްރޮގްރާމް ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދާއިރު ޕްރޮގްރާމުގެ ބައިވެރިންނަށް އަމިއްލަ މަސައްކަތެއް ފެއްޓުމަށްޓަކައި ބޭނުންވާނެ އުކުޅުތަކާއި ވިޔަފާރި ޕްލޭން އެކުލަވާލާނެ ގޮތް ކިޔައިދެވިގެންދާނެ ކަމަށް ޝަމްރަތު ފާހަގަކުރެއްވިއެވެ.

ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ސެޓްފިކެޓެއް ހަވާލުކުރެވޭނެ ކަމަށާއި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންނަމަ މިނިސްޓްރީގެ ސޯޝަލް މީޑިއާ ޕޭޖްތަކުގެ އިތުރުން ޖޮބް ސެންޓަރަށް ގުޅައިގެން ވެސް މައުލޫމާތު ސާފުކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެއިތުރުން ރަށެއްގައި ނަމަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ މެދުވެރިކޮށް ވެސް މައުލޫމާތު ސާފު ކުރެވޭނެ ކަމަށް ޝަމްރަތް ވިދާޅުވިއެވެ.

އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމާ ބެހޭގޮތުން ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޖޮބް ސެންޓަރުގެ ކޮންޓެންޓް މެނޭޖަރު އަޝްފާ ޚާލިދު ވިދާޅުވީ އެ ޕްރޮގްރާމަކީ ކޮވިޑާއި ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މަސައްކަތް އަނބުރާ ފެށުމަށް ނުވަތަ މަސައްކަތް ކުރިއެރުވުމަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އިކޮނޮމިކް މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމުގެ ދަށުން މައިގަނޑު 8 ދާއިރާއަކުން ގްރާންޓް އެހީއަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި 60،000 ރުފިޔާއާ ހަމައަށް ފައިސާގެ އަދަދެއް ގްރާންޓްގެ ގޮތުގައި ދެވޭނެ ކަމަށް ވެސް އަޝްފާ ވިދާޅުވިއެވެ.

އަޝްފާ އިތުރަށް ވިދާޅުވީ ޕްރޮގްރާމުގެ ބައިވެރިންނަށް 6 ޕެކޭޖުގެ ތެރެއިން ޕެކޭޖެއް ޚިޔާރުކުރެވޭނެ ކަމަށެވެ.

ޕްރޮގްރާމުގައި ބައިވެރިވުމަށް ޖޮބް ސެންޓަރު މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ހުށަހެޅޭއިރު އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް