ކ. މާލެ
|
7 ފެބްރުއަރީ 2025 | ހުކުރު 17:35
މޯޑިވްސް މެރިން އެކްސްޕޯ 2025 ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: މޯލްޑިވްސް މެރިން އެކްސްޕޯ
މޯޑިވްސް މެރިން އެކްސްޕޯ 2025 ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: މޯލްޑިވްސް މެރިން އެކްސްޕޯ
މޯޑިވްސް މެރިން އެކްސްޕޯ
މެރިން އެކްސްޕޯ 2025
"މޯލްޑިވްސް މެރިން އެކްސްޕޯ 2025" ހުޅުވައިފި
މި އިވެންޓުގައި މި އަހަރު 85 އެގްޒިބިޓަރުން ބައިވެރިވޭ
މި އެކްސްޕޯ އަކީ ސަފާރީ ސިނާއަތުގެ ވިޔަފާރިވެރިންގެ ޖަމިއްޔާ ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ގެ ރަސްމީ އިވެންޓެއް
އެކްސްޕޯ ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް، އަދި ރޭގަނޑު 8:00 އިން 10:00 އަށް ހުޅުވާލޭ ސެންޓްރަލް ޕާކުގަ

ރާއްޖޭގެ ބޯޓިންގ ސިނާއަތަށް ހާއްސަކޮށްގެން ބާއްވާ ހަމައެކަނި އިވެންޓް ކަމަށްވާ މޯލްޑިވްސް މެރިން އެކްސްޕޯގެ 10 ވަނަ އެޑިޝަން ބުރާސްފަތި ދުވަހުގެ ރޭ ހުޅުވައިފި އެވެ.

އެކްސްޕޯ ހުޅުވައިދެއްވީ އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

މެރިން ދާއިރާއަށް ހާއްސަކޮށްގެން ބާއްވާ މި އެކްސްޕޯ އަކީ ސަފާރީ ސިނާއަތުގެ ވިޔަފާރިވެރިންގެ ޖަމިއްޔާ ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ގެ ރަސްމީ އިވެންޓެވެ.

އިވެންޓްސް ޕްރައިވެޓް ލިމިޓެޑުން، މި އަހަރުގެ ހަރަކާތް ޚާއްސަކޮށްފައިވަނީ ދޯނިފަހަރު ހެދުމާއި، ސްޕެއާ ޕާޓްސް ތަކާއި، މެޝިނަރީ، މަސްވެރިކަމުގެ ސާމާނާއި، ޑައިވިންގ އަދި ވޯޓާރ ސްޕޯޓްސް ސާމާނާއި، ކަނޑުގެ ކަންކަމާ ގުޅުންހުރި އެހެނިހެން ޚިދުމަތްތަކަށެވެ.

މި އެކްސްޕޯއަކީ މި ސިނާއަތުގައި ބައިނަލްއަގުވާމީ ގޮތުން މަޝްހޫރު އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމަށް ބާއްވާ ބާޒާރެކެވެ.

ރާއްޖެ އާއި ބޭރުގެ އެގްޒިބިޓަރުންގެ ތަރުހީބު ބޮޑު މި އިވެންޓުގައި މި އަހަރު 85 ފަރާތަކުން ބައިވެރިވެ އެވެ. މިގޮތުން ބައިވެރިވާ އެގްޒިބިޓަރުންގެ ތެރޭގައި ލިވްއެބޯޑުތަކާއި ޔޮޓުތަކާއި، މަސްވެރިކަމުގެ އިތުރުން ވޯޓާ ސްޕޯޓްސްއާއި ލޮޖިސްޓިކްސް ވިޔާފަރިތައް ހިމެނެ އެވެ.

އެކްސްޕޯގައި އެގްޒިބިޓް ކުރާ ވިޔަފާރިތައް

  • ބޯޓް ބިލްޑަރުން
  • ފިނޭންސް އަދި އިންޝުއަރެންސް ވިޔަފާރިތައް
  • ބޯޓުތަކަށާއި މަސްވެރިކަމަށް ބޭނުންވާ ސާމާނާއި މެރިން ފުޑްސް ސަޕްލަޔަރުން
  • ލޮޖިސްޓިކްސް، މެރިން ޓެކްނޮލޮޖީ، ފަޔާ ސޭފްޓީގެ ހިދުމަތްދޭ ވިޔަފާރިތައް
  • ދާއިރާއާ ގުޅޭ ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ޖަމިއްޔާތައް

އާއްމުކޮށް ހުޅުވާލައިގެން ބާއްވާ މި އެކްސްޕޯއަށް ޒިޔާރަތް ކުރަން ބޭނުންވާ މީހުން އެ ތަނަށް ގޮސް ރަޖިސްޓްރީ ވުމަށްފަހު އެކްސްޕޯއަށް ވަދެވޭނެ އެވެ. މި އެކްސްޕޯ ކުރިއަށް ދާނީ ފެބްރުއަރީ 6 ވަނަ ދުވަހުން ފެށިގެން އެމަހުގެ 9 އެށް ވާ އާދިއްތަ ދުވަހާއި ހަމައަށެވެ. އަދި މި މުއްދަތުގެ ތެރޭގައި އެކްސްޕޯ ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް، އަދި ރޭގަނޑު 8:00 އިން 10:00 އަށް ހުޅުވާލޭ ސެންޓްރަލް ޕާކުގަ އެވެ.

މީޑިއަމް އިވެންޓްސްއިން އިންތިޒާމްކޮށްގެން ބާއްވާ މޯލްޑިވްސް މެރިން އެކްސްޕޯއަކީ ރާއްޖޭގެ ކަނޑުދަތުރުކުރުމުގެ ދާއިރާއަށް ޚާއްސަކޮށް ކޮންމެ އަހަރަކު ބާއްވާ އިވެންޓެކެވެ.

މި އަހަރު މި އެކްސްޕޯގެ މެއިން ސްޕޮންސަރަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އެވެ. އަދި ކޯސްޕޮންސަރުންގެ ތެރޭގައި ގަލްފްކްރާފްޓް މޯލްޑިވްސް، ޖެއިލްބޫޓް މެރިން ސާރވިސަސް އަދި އަލް ދައިންއާއެކު ޕޮލަރިސް ނެވިގޭޓާރސް ހިމެނެއެވެ.

- ކޮމެންޓް