Advertisement
ކ. މާލެ
|
29 އޮކްޓޯބަރ 2025 | ބުދަ 11:25
ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު
ރާއްޖެއެމްވީ
އިކޮނޮމިކް މިނިސްޓްރީ
ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު
2.4 ބިލިއަންރުފިޔާ ޗާޕްކޮށްގެން ބާޒާރަށް ނެރުމުން، ދިވެހި އިޤްތިސޯދައް ކުރާނެ އަސަރުގެ އެސެސްމަންޓެއް އިޤްތިސޯދީ މިނިސްޓްރީން ހަދާފައިވޭތޯ ސުވާލުކުރުމުން މިނިސްޓަރު ޖަވާބެއް ނުދެއްވާ
މިސަރުކާރުން ޖެހުނު މަގަކުން ފައިސާ ހޯދުމުގެ މަސައްކަތް ފެށީ، ރައީސް މުއިއްޒުގެ ޚާރިޖީ ސިޔާސަތު ފެއިލްވެ، ބޭރުންވެސް އެއްވެސް ފައިސާއެއް ނުލިބުމުންކަމަށް އިދިކޮޅު ފަރާތްތަކުން ބުނޭ
އިކޮނޮމިކް މިނިސްޓްރީ އަކީ ޓެކްނިކަލް މަސައްކަތްކުރުމުގެ ބަދަލުގައި ސިޔާސީ ހުސްވާހަކަތަކެއް ދައްކާ ތަނަކަށް މިހާރު ވަނީ ބަދަލުވެފައި

މަޖްލިސް މެމްބަރުން ކުރައްވާ ސުވާލުތަކަށް އިކޮނިމިން މިނިސްޓަރު މުހައްމަދު ސައީދު ޖަވާބު ދެއްވުމުގެ ބަދަލުގައި، އެކި ބަހަނާ ދައްކަވާ ޒާތީ ތައައްސަބު އިސްކުރެއްވުމުން ދޭހަވަނީ މިނިސްޓްރީ އަކީ ސިޔާސީ ހުސްވާހަކަތަކެއް ދައްކާ ތަނަކަށް ބަދަލުވެފައިވާކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަމްހީދު ވިދާޅުވީ ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅުކަމަށެވެ. އަދި ހަމައެހެންމެ 2.4 ބިލިއަންރުފިޔާ ޗާޕްކޮށްގެން ބާޒާރަށް ނެރުމުން، ދިވެހި އިޤްތިސޯދައް ކުރާނެ އަސަރުގެ އެސެސްމަންޓެއް އިޤްތިސޯދީ މިނިސްޓްރީން ހަދާފައިވޭތޯ ސުވާލުކުރުމުން ކުރި ސުވާލަށް މިނިސްޓަރު ޖަވާބު ދެއްވާފައި ނުވާކަމެވެ. މީގެ އިތުރުން ޝަމްހީދު ވިދާޅުވީ މަޖްލިސް މެމްބަރުން ކުރެއްވި ސުވާލުތަކަށް މިނިސްޓަރު ސައީދު ޖަވާބުދެއްވުމުގެ ބަދަލުގައި ބަހަނާ ދައްކަވައި ޒާތީކަން އިސްކުރި ކުރުމުން ދޭހަވަނީ، އިކޮނޮމިކް މިނިސްޓްރީ އަކީ ޓެކްނިކަލް މަސައްކަތްކުރުމުގެ ބަދަލުގައި ސިޔާސީ ހުސްވާހަކަތަކެއް ދައްކާ ތަނަކަށް މިހާރު ބަދަލުވެފައި ވާކަމެވެ.

ފައިސާ ޗާޕު ނުކުރާނެކަމަށް އެތައް ފަހަރަކު ވިދާޅުވުމަށްފަހު، ރައީސް މުއިއްޒުގެ ސަރުކާރުން މިވަނީ ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕުކުރަން ނިންމާފައެެވެ. ނަމަވެސް މިކަމަކީ ކުރަން ހެޔޮވާވަރު ކަމެއްނޫން ކަމަށްބުނެ ޕެންޝަން އޮފީހުގެ ބޯޑު މެމްބަރަކު ވަނީ އިސްތިއުފާވެސް ދެއްވާފައެވެ. ފައިސާ ޗާޕު ކުރުމަށް މަސައްކަތް ކުރަނީ އެމްއެމްއޭ އިން ޕެންޝަން އޮފީހަށް ފައިސާ ދިނުމުން، އެ އޮފީހުން ފައިނޭންސް މިނިސްޓްރީގެ ބޮންޑަކަށް އިންވެސްޓު ކޮށްގެންނެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ރަސްމީ ނިޒާމުތައް ނަހަމަގޮތުގައި ބޭނުން ކޮށްގެން ފައިސާ ޗާޕުކުރުން ހުއްޓައިލުމަށް ގޮވާލާ އިދިކޮޅު މައި ޕާޓީ، އެމްޑީޕީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފައިސާ ޗާޕުކުރުމަކީ ބިލިއަނުން ސަރުކާރަށް ފައިސާ ހޯދުމަށް އަލަށް ފަށާ ޣައިރު ޤާނޫނީ، ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި މިސަރުކާރުން ޖެހުނު މަގަކުން ފައިސާ ހޯދުމުގެ މަސައްކަތް ފެށީ، ރައީސް މުއިއްޒުގެ ޚާރިޖީ ސިޔާސަތު ފެއިލްވެ، ބޭރުންވެސް އެއްވެސް ފައިސާއެއް ނުލިބުމުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

- ކޮމެންޓް