ކ. މާލެ
|
12 އޮކްޓޯބަރ 2022 | ބުދަ 18:09
ފްލައި ދުބާއީގެ މަތިންދާބޯޓެއް
ފްލައި ދުބާއީގެ މަތިންދާބޯޓެއް
ޓްވިޓަރ
ފްލައި ދުބާއީގެ ދަތުރުތައް އައްޑުއަށް
ފްލައި ދުބާއީ އިން އައްޑޫ ސިޓީ އަށް ޑެއިލީ ދަތުރުތައް ފަށަނީ
 
އައްޑޫ ސިޓީއަށް ދަތުރުތައް ފަށާނީ 4 ފެބްރުއަރީ 2023ގައި

ފްލައި ދުބާއީ އިން އައްޑު ސިޓީއަށް އެ އެއަރލައިންގެ ޑެއިލީ ދަތުރުތައް ފަށަން ނިންމާފައިވާކަން އިއުލާންކޮށްފިއެވެ.

އެ އެއަރލައިނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ދަތުރުތައް ފަށާނީ 4 ފެބްރުއަރީ 2023ގައެވެ. މިއީ ރާއްޖެއަށް އެ އެއަރލައިންގެ އޮޕަރޭޝަންތައް އިތުރު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ފަށާ ދަތުރުތަކެއް ކަމަށް ފްލައި ދުބާއީ އިން ބުނެއެވެ.

ފްލައި ދުބާއީ އިން ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރުތައް ފެށީ 2013 ވަނަ އަހަރުއެވެ. އެ އެއަރލައިނުން މިހާރު ދަތުރު ކުރަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. އައްޑޫ ސިޓީއަށް އަންނަ އަހަރު ޑެއިލީ ދަތުރުތައް ފެށުމާއިއެކު ރާއްޖެއަށް ހަފުތާއަކު އެ އެއަރލައިނުން ކުރާ ދަތުރުތަކުގެ އަދަދު 28 އަށް އަރާނެއެވެ.

ފްލައި ދުބާއީގެ ސީއީއޯ ގެއިތު އަލް ގެއިތު ވިދާޅުވީ ރާއްޖޭގެ އެންމެ ދެކުނަށް ދަތުރުތައް ފަށަން ނިންމާފައިވަނީ އެ އެއަރލައިންގެ ޕެސެންޖަރުންނަށް ރާއްޖެ ތަޖުރިބާ ކުރުމުގެ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ. އެގޮތުން، މި ދަތުރުތައް ފެށުމާއެކު ދެކުނުގެ އަތޮޅުތަކަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ދަތުރުކުރަން ނަގާ ވަގުތު އެތައް ގުނައެއް ކުޑަކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގެއިތު ވިދާޅުވި ގޮތުގައި ރާއްޖެއަކީ ފްލައި ދުބާއީ އިން ދަތުރު ކުރާ މީހުންގެ މެދުގައި އެންމެ މަގުބޫލު އެއް މަންޒިލެވެ.

ފްލައި ދުބާއީ އިން މިހާރު މާލެ އާއި ދުބާއީއާ ދެމެދު ދުވާލަކު ދެ ދަތުރު ކުރެއެވެ. އަދި މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން އެ އެއަރލައިނުން ކޮލަމްބޯ އާއި މާލެއާ ދެމެދު ވެސް ޑެއިލީ ދަތުރުތައް ފަށާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
20%
20%
20%
40%
ކޮމެންޓް
12 އޮކްޓޯބަރ 2022 | ބުދަ 20:17
އަލީ
ދެން މާފަރު އިންޓަނޭޝަނަލް އެއަރޕޯޓ މީ ކީއްކުރާތަނެއް! ނ. އަތޮޅުގަ މިހާގިނަ ރަނގަޅު ރެސޯރޓް ތައް ހުރި އިރު އެތަނަށް އިންޓަނޭޝަނަލް ފްލައިޓް މުހިންމު ވާނެ