ކ. މާލެ
|
11 އޮކްޓޯބަރ 2022 | އަންގާރަ 11:43
ހިއުމަން ރައިޓްސް ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނަށް ޒިޔާރަތް ކުރުން
ހިއުމަން ރައިޓްސް ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނަށް ޒިޔާރަތް ކުރުން
އެޗްއާރްސީއެމް
މޮނީޓަރިން ޒިޔާރަތް
އެޗްއާރުސީއެމްގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނަށް މޮނީޓަރިންގެ ޒިޔާރަތެއްކޮށްފި
ސްޓޭޝަންތަކުގައި ބަންދުގައި ތިބޭ ފަރާތްތަކާއި މުވައްޒަފުންނަށް ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި ބައިނަލްއަޤްވާމީ މިންގަނޑުތަކުން ލިބިދޭންޖެހޭ ޙައްޤުތައް ކަށަވަރުކުރެވިފައިވާ މިންވަރު ދެނެގަނެވިފައިވޭ

ހިއުމަން ރައިޓްސް ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނަށް މޮނީޓަރިން ޒިޔާރަތެއް ކޮށްފިއެވެ.

ފ. ނިލަންދޫ ޕޮލިސް ސްޓޭޝަންއަށް ކުރި މި ޒިޔާރަތުގެ މަގްސަދަކީ ތަހުޤީޤަށް ބަންދުކުރެވޭ މީހުން ބަންދުގައި ބައިތިއްބާއިރު އެމީހުންނާއި ދޭތެރޭ އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯ ބެލުމަށާއި ރާއްޖޭގައި ލިބިދީފައިވާ އިންސާނީ ހައްޤެއް ގެއްލޭފަދަކަމެއް ހިނގާތޯ ބެލުމާއި، 18 އަހަރުން ދަށުގެ ކުދިންނާމެދު ޢަމަލުކުރަމުންދާ ގޮތާއި އެކުދިންގެ އިންސާނީ ހައްޤެއް ގެއްލޭފަދަކަމެއް ހިނގާތޯ ބެލުމެވެ.

މީގެ އިތުރުން ސްޓޭޝަންތަކުގައި ބަންދުގައި ތިބޭ ފަރާތްތަކާއި މުވައްޒަފުންނަށް ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި ބައިނަލްއަޤްވާމީ މިންގަނޑުތަކުން ލިބިދޭންޖެހޭ ޙައްޤުތައް ކަށަވަރުކުރެވިފައިވާ މިންވަރު ދެނެގަތުމެވެ.

ފ. ނިލަންދޫ ޕޮލިސް ސްޓޭޝަން ޒިޔާރަތުން ފާހަގަކުރެވުނު ކަންތައްތައް ހިމެނޭ ރިޕޯޓު ދިވެހި ފުލުހުންގެ ޚިދުމަތަށާއި ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނަށާއި ކަމާގުޅޭ އެންމެހައި އިދާރާތަކާ ޙިއްޞާކުރުމަށްފަހު ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ކަންކަމާއި، ހުށަހަޅާފައިވާ ހުށަހެޅުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކަމާގުޅޭ އެންމެހައި އިދާރާތަކާއެކު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަ ޖެހިފައެވެ. އަދި ރިޕޯޓުތަކުގެ ހުށައެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން ޤަވާއިދުން ފޮލޯ-އަޕް ހެދުމަށްވަނީ ހަމަޖެހިފައެވެ.

މިގެ ކުރިން ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނަށް އެން.ޕީ.އެމްއިން  14 ސެޕްޓެންބަރު 2010ގައި ޒިޔާރަތެއް ކޮށްފައިވެއެވެ.

- ކޮމެންޓް