Advertisement
ކ. މާލެ
|
8 އޮކްޓޯބަރ 2022 | ހޮނިހިރު 18:34
ބަންޑުން ޖަހާލި ލޯންޗު
ބަންޑުން ޖަހާލި ލޯންޗު
ޓްވިޓަރ
ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު މީހާ
ބަންޑުން ޖަހާލި ލޯންޗުން ގެއްލުނީ ޒުވާނެއް، އޭނާ ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފި
މާލެއިން ފުރައިގެން އުކުޅަހަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލާފައި އޮއްވާ ފެނުނީ މާޅޮސް ކައިރިން
އެ މީހާ ހޯދުމަށް 35 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް މިހާރު ވަނީ ބަލާފައި

އއ. މާޅޮސް ކައިރިން ބަންޑުންޖަހާލި ލޯންޗުން ގެއްލިގެން ހޯދަމުންދަނީ އުމުރުން 28 އަހަރުގެ ޒުވާން ފިރިހެނެއްކަމަށް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އެމް.އެން.ޑީ.އެފުން ބުނެފިއެވެ.

އެމް.އެން.ޑީ.އެފުން ބުނިގޮތުގައި މި ހާދިސާގައި ގެއްލުނު މީހާ ހޯދުމަށް 35 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް މިހާރު ވަނީ ބަލާފައެވެ. މީގެ އިތުރުން މި މަސައްކަތުގައި އެމް.އެން.ޑީ.އެފް ކޯސްޓްގާޑް ޝިޕް ޝަހީދު އަލީއާއި، ފާސްޓް އިންޓަސެޕްޓް ކުރާފްޓް "ހަކުރާ" އަދި އެމް.އެން.ޑީ.އެފް ޑޯނިއަރ ފްލައިޓް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާކަމަށް ދިފާއީ ބާރުން ބުނެއެވެ. ގެއްލިގެން ހޯދަމުން ދަނީ ސ. ހިތަދޫ، މިންހާ, މުހައްމަދު މިންހާޖު ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. ކޯސްޓްގާޑަށް މައުލޫމާތުލިބިފައިވާ ގޮތުން އޭނާ އެންމެފަހުން ލައިގެން ހުރީ އަޅި ކުލައިގެ އަތް ދިގު ޓީޝާޓަކާއި ނޫ ކުލައިގެ ޖިންސެއްކަމަށް އެމް.އެން.ޑީ.އެފުން ވަނީ ބުނެފައެވެ.

Advertisement

ގެއްލުނު މީހާއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ކޯސްޓްގާޑުގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981، 3398898ށް، އަދި ވައިބަރ ކުރައްވާނަމަ 9931082ށް، އަދި ފެކްސް ކުރައްވާނަމަ 3391665 ނަމްބަރަށް ފެކްސްކުރެއްވުމަށް އެމް.އެން.ޑީ.އެފުން ވަނީ އެދިފައެވެ.

ފާއިތުވި ބުރާސްފަތި ދުވަހު 13:00 ހާއިރު މާލެއިން ފުރައިގެން އުކުޅަހަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލަފައި އޮއްވާ ފެނުނީ މާޅޮސް ކައިރިންނެވެ. އެ ލޯންޗު މިހާރު ވަނީ ކަފުޖަހައިގެން މާޅޮހު ފަޅަށް ވައްދާފައެވެ. އެ ލޯންޗުން ދަތުރުކުރި އެކަކު ފެރިދޫ ފުއްޓަރާ ދިމާއިން ފެނިފައިވާއިރު، އޭނާއަށް އިތުރު ފަރުވާ ދިނުމަށް ވަނީ މާލެ ގެެނެސްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް