ކ. މާލެ
|
7 އޮކްޓޯބަރ 2022 | ހުކުރު 10:24
ޗެމްޕިއަން ބަނޑޮސް މޯލްޑިވްސް: ފޮޓޯ-ބަނޑޮސް މޯލްޑިވްސް
ޗެމްޕިއަން ބަނޑޮސް މޯލްޑިވްސް: ފޮޓޯ-ބަނޑޮސް މޯލްޑިވްސް
ރިސޯޓް ވޮލީބޯޅަ މުބާރާތް
ރިސޯޓް ވޮލީގައި ބަނޑޮސް ވަރެއް ނެތް، ޒޯން ޗެމްޕިއަންސް ލީގުގެ ތަށި މިލްކުކޮށްފި
ޒޯން އެކެއްގެ ޗެމްޕިއަން ޓީމަކީވެސް ބަނޑޮސް

އިންޓަރ ރިސޯޓު ޒޯން ޗެމްޕިއަންސް ލީގުގެ ތަށި މިލްކުކޮށް, ރިސޯޓް ވޮލީބޯޅައިގައި ބަނޑޮސް ވަރެއް ނެތްކަން އެޓީމުން ސާބިތުކޮށްދީފިއެވެ.

ޒޯން އެކެއްގެ ވެސް ޗެމްޕިއަން ބަނޑޮސް މޯލްޑިވްސްއިން އިން ޒޯން ޗެމްޕިއަންސް ލީގުގެ ތަށި ވިދިވިދިގެން ތިންވަނަ ފަހަރަށް ހޯދީ ފައިނަލުގައި ފޯސީޒަން އެޓް ކުޑަހުރާ ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. ޒޯން އެކެއްގެ ފައިނަލުގައި ވެސް ބަނޑޮހުން ވަނީ ފޯސީޒަންސް އެޓް ކުޑަހުރާ ބަލިކޮށްފައެވެ.

ބަނޑޮހުގެ ވޮލީކޯޓްގައި ކުޅުނު ފޯރިގަދަ ފައިނަލު މެޗު ބަނޑޮހުން ކާމިޔާބުކުރީ 25-14, 25-17 އަދި 25-10 ނެވެ. މުބާރާތުގައި ވާދަކުރި ޓީމުތަކުގެ ތެރެއިން އެންމެ ވަރުގަދަ ސްކޮޑެއް ވެސް އޮތީ ބަނޑޮހުގައެވެ. ޤައުމީ ޓީމްގެ ކުރީގެ ކެޕްޓަން އަދި ކޯޗު މުޙައްމަދު ސާޖިދު (ކާއްޓޭ)ގެ އިރުޝާދުގެ ދަށުން ކުޅުނު ޓީމު ލީޑު ކުރީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ސެޓަރު އިޝާން މުޙައްމަދު (ބަޓިސް) އެވެ. މިވަގުތު ވެސް ރާއްޖޭގއި ތިބި އެންމެ މޮޅު ދެ އެޓޭކަރުންކަމަށްވާ އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ) އާއި އަލީ ހުޒާމް (ހުޒަންޓެ)ވެސް ކުޅުނީ ބަނޑޮހަށެވެ.

މިފަހަރު މުބާރާތް ކުރިއަށް ގެންދިޔައީ ގޯލްޑަން އިޔަރ އިންޓަރ ރިސޯޓް ވޮލީބޯޅަ ޗެމްޕިއަންޝިޕްގެ ނަމުގައެވެ. އެއީ މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުން ފުރޭ އަހަރު ކަމަށްވާތީ, އެކަން ފާހަގަކުރުމުގެ ގޮތުންނެވެ.

- ކޮމެންޓް
7 އޮކްޓޯބަރ 2022 | ހުކުރު 11:12
މަ ގޯތި ހުސޭނު
ގައުމީޓީމު ގެ ތިބިހާ ކުޅުންތެރިން ލައިގެން ތިޔަވަރު ތިޔަވީ. އެމީހުންގެ މަންފާ ހޯދަދޭން. ޜިސޯޓު މުވަށްޒަފުންނަށް ހަމައެކަނި ކުޅެވޭގޯތައް ބަދަލް ކުރަންޖެހޭ