ކ. މާލެ
|
25 ސެޕްޓެންބަރ 2022 | އާދީއްތަ 10:49
އިންޓަ ރިސޯޓު މުބާރާތުގެ ތެރެއިން
އިންޓަ ރިސޯޓު މުބާރާތުގެ ތެރެއިން
ވީއޭއެމް
އިންޓަ ރިސޯޓު ވޮލީ މުބާރާތް
ޒޯން ހަތަރެއްގެ ޗެމްޕިއަންކަން ކޮންރެޑް މޯލްޑިވްސް ހޯދައިފި
ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނުނު މެޗު ކޮންރެޑުން ކާމިޔާބުކުރީ ތިން ސެޓު ދެ ސެޓުން

އިންޓަ ރިސޯޓޮ ވޮލީ ބޯޅަ މުބާރާތުގެ ޒޯން ހަތަރެެއްގެ ޗެމްޕިއަންކަން ކޮންރެޑް މޯލްޑިވްސް އިން ހޯދައިފިއެވެ.

ކޮންރެޑުން މި ޒޯންގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ވިލަމެންދޫ ރިސޯޓް އެންޑް ސްޕާ ބަލިކޮށްގެންނެވެ. ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނުނު މެޗު ކޮންރެޑުން ކާމިޔާބުކުރީ ތިން ސެޓު ދެ ސެޓުންނެވެ.

މެެޗުގެ ފުރަތަމަ ސެޓު ކާމިޔާބުކުރީ ކޮންރެޑުންނެވެ. އެ ޓީމުން މި ސެޓު ކާމިޔާބުކުރީ 17-25 އިންނެވެ. ނަމަވެސް ވިލަންދޫން ވަނީ ޖެހިގެން އައި ދެ ވަނަ ސެޓާއި ތިން ވަނަ ސެޓު ވެސް ކާމިޔާބުކޮށްފައެވެ. އެއީ 16-25 އަދި 15-25 އިންނެވެ. ހަތަރު ވަނަ ސެޓުގެ ކުޅުން ވެސް ފެނުނީ ވާދަވެރިކޮށެވެ. މި ސެޓު 21-25 އިން ކާމިޔާބުކޮށް، ކޮންރެޑުން ވަނީ ސެޓުގެ ގޮތުން އެއްވަރުކޮށްފައެވެ. ނަތީޖާ ނެރުމަށް ކުޅުނު ފަސް ވަނަ ސެޓު ކޮންރެޑުން ކާމިޔާބުކުރީ 09-15 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކޮންރެޑްގެ ޙަސަން އަކްރަމްއެވެ.

މި ޒޯންގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ، ވިލަމެންދޫގެ އަޙުމަދު ނާސިހް، އަލީ ނިޝާހް، ކޮންރެޑްގެ ޙާމިދު އަލީ، ޙުސެއިން ސިޔާމް، މުޙައްމަދު ގައްޒާފީ (ލިބަރޯ) އަދި ޑަބްލިއު މޯލްޑިވްސްގެ އަޙުމަދު ރަޝީދު އާއި އަލީ ވަހީދުއެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ސަން އައިލެންޑްގެ އިބްރާހިމް އަފްޙާންއެވެ. އެންމެ މޮޅު ކޯޗަކަށް ކޮންރެޑްގެ އަދުހަމް މުފީދު ހޮވުނުއިރު، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ވިލަމެންދޫގެ ޙަސަން ސަލާޙުއެވެ.

މިއަހަރުގެ އިންޓަރ ރިސޯޓް މުބާރާތުގެ ނަމަކީ ގޯލްޑަން އިޔަރ އިންޓަރ ރިސޯޓް ވޮލީ މުބާރާތެވެ. އެއީ ރާއްޖޭގެ ޓުއަރިޒަމް އަށް 50 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެންނެވެ.

- ކޮމެންޓް