ކ. މާލެ
|
24 ސެޕްޓެންބަރ 2022 | ހޮނިހިރު 07:43
ޒޯން ފަހެއްގެ ޗެމްޕިއަންކަން ހޯދި އަމިއްލަފުށި
ޒޯން ފަހެއްގެ ޗެމްޕިއަންކަން ހޯދި އަމިއްލަފުށި
ވީއޭއެމް
އިންޓަ ރިސޯޓޯ ވޮލީ މުބާރާތް
ސައްތަ އިން ސައްތަ ރެކޯޑާއެކު ޒޯން ފަހެއްގެ ޗެމްޕިއަންކަން އަމިއްލަފުށި ހޯދައިފި
ފައިނަލްގައި އަމިއްލަފުށިން އަނަންތަރައިގެ މައްޗަށް ކުރި ހޯދީ، ތިން ސެޓު އެއް ސެޓުން

ސައްތަ އިން ސައްތަ ރެކޯޑާއެކު އަމިއްލަފުށި މޯލްޑިވްސް އިން އިންޓަރ ރިސޯޓު ވޮލީ ބޯޅަ މުބާރާތުގެ ޒޯން ފަހެއްގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

އަމިއްލަފުށި ވަނީ މި ޒޯންގައި ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެފައެވެ. ފައިނަލުން އެ ޓީމު ޖާގަ ހޯދީ، ރައުންޑްރޮބިން ބުރުގައި ކުޅުނު މެޗުތައް ކާމިޔާބުކޮށް އެއް ވަނަ ޓީމުގެ ގޮތުގައެވެ. އަނަންތަރަ ކިހާވައް ފައިނަލުން ޖާގަ ހޯދީ ޕްލޭ އޮފް މެޗު ކާމިޔާބުކޮށްގެންނެވެ.

ފައިނަލްގައި އަމިއްލަފުށިން އަނަންތަރައިގެ މައްޗަށް ކުރި ހޯދީ، ތިން ސެޓު އެއް ސެޓުންނެވެ. މެޗުގައި ވާދަވެރިކޮށް ދިޔައީ ފުރަތަމަ ދެ ސެޓު އެކަންޏެވެ. ޖެހިގެން އައި ދެ ސެޓު އަމިއްލަފުށިން ނިންމާލީ ބޮޑު ލީޑަކުންނެވެ. މެޗުގެ ފުރަތަމަ ސެޓު އަމިއްލަފުށިން ކާމިޔާބުކުރީ 23-25 އިންނެވެ. ޖެހިގެން އައި ދެ ވަނަ ސެޓު އަނަންތަރަ އިން ކާމިޔާބުކުރީ ވެސް 25-23 އިންނެވެ. ތިން ވަނަ ސެޓަށް ނިކުމެ އަމިއްލަފުށިން އެ ސެޓު ހޯދީ 14-25 އިންނެވެ. އަދި ހަތަރު ވަނަ ސެޓު ހޯދީ 15-25 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަމިއްލަފުށީގެ ޙުސެއިން ޝާހިދު (ޝާޑު)އެވެ.

މިއަހަރުގެ އިންޓަރ ރިސޯޓް މުބާރާތުގެ ނަމަކީ ގޯލްޑަން އިޔަރ އިންޓަރ ރިސޯޓް ވޮލީ މުބާރާތެވެ. އެއީ ރާއްޖޭގެ ޓުއަރިޒަމް އަށް 50 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެންނެވެ.

- ކޮމެންޓް