Advertisement
ކ. މާލެ
|
6 އޮކްޓޯބަރ 2022 | ބުރާސްފަތި 12:46
ސީޕްލޭން ޓާމިނަލް
ސީޕްލޭން ޓާމިނަލް
ރާއްޖެއެމްވީ
އާ ސީޕްލޭން ޓާމިނަލް
ވީއައިއޭގެ އާ ސީޕްލޭން ޓާމިނަލް 'ނޫވިލު' ހުޅުވައިފި
ބައެއް ލޯންޖުތައް ވަނީ ރިސޯޓުތަކައް ވިއްކާފައި
މި މަޝްރޫޢަށް ގާތްގަނޑަކަށް 58 މިލިއަން ޑޮލަރު ހޭދަވި
4500 އާއި 7500 ދެމެދު މީހުން ޓާމިނަލްގެ ބޭނުން ކުރާނެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޤާއިމްކޮށްފައިވާ އާ ސީޕްލޭން ޓާމިނަލް 'ނޫވިލު' ރަސްމީކޮށް ހުޅުވައިފިއެވެ.

ބުރާސްފަތި ދުވަހު ހެދުނު ބޭއްވި ހަފްލާއެއްގައި އެ ޓާމިނަލް ހުޅުއްވައިދެއްވާފައި ވަނީ ނައިބު ރައީސް ފައިސަލް ނަސީމް އާއި އެމްއޭސީއެލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކުގެ އިތުރުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ވަން ލީޝިން އެވެ.

Advertisement

ޖުމްލަ 850 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރި މި ޓާމިނަލް ބޭނުންކުރަން ފެށުމާ އެކު ވީއައިއޭގައި އަލަށް ތަރައްގީކުރި ރަންވޭގެ ބޭނުން ކުރެވޭނެ މަގު ވަނީ ފަހިވެފައެވެ. މުޅި ދުނިޔޭގައި ވެސް މިވަގުތު ހުރި އެންމެ ބޮޑު ސީޕްލޭން ޓާމިނަލްގެ ގޮތުގައި ހިމެނިފައިވާ މި ޓާމިނަލްގެ ސަބަބުން ގިނަ ގޮންޖެހުންތައް ނެތިގެންދާނެ ކަަމަށް ބެލެވެއެވެ. ބެލެވޭ ގޮތުގައި 4500 އާއި 7500 ދެމެދު މީހުން ޓާމިނަލްގެ ބޭނުން ކުރާނެއެވެ.

ޖުމްލަ 50 ވަރަކަށް ލޯންޖު ހިމެނޭ މި ޓާމިނަލަކީ އެންމެ ޒަމާނީ ޑިސައިންތަކާއި ދިވެހި ސަގާފީ ކުލަ އެއްކުރެވިގެން ފަރުމާކޮށް ތަރައްގީކޮށްފައިވާ ޓާމިނަލެކެވެ. މި ލޯންޖުތަކުގެ ތެރެއިން ދެ ޓާމިނަލެއް އެމްއޭސީއެލް އަށް ހާއްސަކޮށްފައިވެއެވެ. އަދި ބައެއް ލޯންޖުތައް ވަނީ ރިސޯޓުތަކަށް ވިއްކާފައެވެ. 4 ފަންގިފިލާ އަށް ތަރައްގީކޮށްފައިވާ އެ ސީޕްލޭން ޓާމިނަލުގެ ސަބަބުން ފަތުރުވެރިންނަށް ގިނަ ލުއިތަކެއް ލިބޭ ކަމަށް ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް