Advertisement
ކ. މާލެ
|
5 އޮކްޓޯބަރ 2022 | ބުދަ 16:20
ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެތި
ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެތި
މޯލްޑިވްސް ކަސްޓަމްސް ސާރވިސް
މަސްތުވާތަކެތި
ވައިގެ މަގުން އެތެރެކުރަން އުޅުނު، 12 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
10 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް
މަސްތުވާތަކެތި އެތެރެކުރީ ޕާކިސްތާނުގެ ރައްޔިތެއް

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 12 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން މައުލޫމާތު ދޭގޮތުގައި މިތަކެތި އަތުލައިގެންފައިވަނީ ދުބާއީން ރާއްޖެ އައި ޕާކިސްތާނުގެ އުމުރުން 48 އަހަރުގެ ފިރިހެނެއްގެ ލަގެޖުންނެވެ. މި މަހުގެ އެއްވަނަ ދުވަހު ރާއްޖެ އައި މި މީހާގެ ލަގެޖު ބަލައި ފާސްކުރީ އޭނާ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާކަމަށް ޝައްކުކުރެވިގެންނެވެ.

މިގޮތުން ބަލައިފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނުމުން، އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވްވެފައިވާކަމަށް ކަސްޓަމްސްއިން ބުންޏެވެ.

Advertisement

މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 10.002 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 12,000,000.00 (ބާރަ މިލިއަން) ރުފިޔާއަށްވުރެ މައްޗަށް އަރައެވެ.

މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް