ކ. މާލެ
|
4 އޮކްޓޯބަރ 2022 | އަންގާރަ 12:57
ރާއްޖޭގެ ހުރިހާ ވެކްސިނޭޝަން ސެންޓަރުތަކުން ތުއްތު ކުދިންނަށް ދެވޭ ވެކްސިނޭޝަންގެ މައުލޫމާތު ބެލޭނެ
ރާއްޖޭގެ ހުރިހާ ވެކްސިނޭޝަން ސެންޓަރުތަކުން ތުއްތު ކުދިންނަށް ދެވޭ ވެކްސިނޭޝަންގެ މައުލޫމާތު ބެލޭނެ
ރޮއިޓަރސް
އިލެކްޓްރޯނިކް އިމިއުނައިޒޭޝަން
ތުއްތު ކުދިންނަށް ދެވޭ ވެކްސިންގެ މައުލޫމާތުތައް އެއްތަނަކުން ބެލޭނެ ޑިޖިޓަލް ރަޖިސްޓިރީއެއް ލޯންޗުކޮށްފި
 
ރާއްޖޭގެ ހުރިހާ ވެކްސިނޭޝަން ސެންޓަރުތަކުން ތުއްތު ކުދިންނަށް ދެވޭ ވެކްސިނޭޝަންގެ މައުލޫމާތު ބެލޭނެ
 
ރެޖިސްޓްރީ ލޯންޗްކޮށްދެއްވާފައި ވަނީ މިނިސްޓަރ އޮފް ހެލްތު

އިލެކްޓްރޯނިކް އިމިއުނައިޒޭޝަން ރެޖިސްޓްރީ ލޯންޗްކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އަންގާރަ ދުވަހު އޮތް ރަސްމިއްޔާތެއްގައި މި ރެޖިސްޓްރީ ލޯންޗްކޮށްދެއްވާފައި ވަނީ މިނިސްޓަރ އޮފް ހެލްތު، އަހުމަދު ނަސީމެވެ.

ހެލްތް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި އިލެކްޓްރޯނިކް އިމިއުނައިޒޭޝަން ރެޖިސްޓްރީ އަކީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާއި ޔުނިސެފްގެ އެހީ އާ އެކު، ރާއްޖޭގެ ހުރިހާ ވެކްސިނޭޝަން ސެންޓަރުތަކުން ތުއްތު ކުދިންނަށް ދެވޭ ވެކްސިނޭޝަންގެ މައުލޫމާތުތައް އެއް ޑިޖިޓަލް ޕްލެޓްފޯމެއްގައި ރައްކައުތެރިކޮށް އެކްސެސްވެ، ބެލެހެއްޓުމަށް މަގު ފަހި ކޮށްދޭނެ ނިޒާމެކެވެ.

މިއީ، ދުނިޔޭގެ ބައެއް ޤައުމުތަކުގައި ވެކްސިނާއި އެހެނިހެން ސިއްހީ ކަންކަމާގުޅޭ ތަފާސްހިސާބުތައް ބެލެހެއްޓުމަށް ބޭނުންކުރާ DHIS2  ޕްލެޓްފޯރމްގެ ބައެއްގެ ގޮތުގައި ތައާރަފްކުރެވުނު ޑިޖިޓަލް ރެޖސިްޓްރީއެކެވެ.

މި ރެޖިސްޓްރީ މެދުވެރިކޮށް ތުއްތުކުދިންގެ ވެކްސިނޭޝަންގެ މައުލޫމާތު ޓްރެކް ކުރެވި، އެކި ސެންޓަރުތަކުން ކުއްޖާއަށް ދެވޭ ވެކްސިންގެ މައުލޫމާތު، އެއް ރެކޯޑަކުން ފެނިގެންދާނެކަމަށް މިނިސްޓްރީން ބުނެއެވެ. މިގޮތުން ކުއްޖާ ވިހާއިރު ދެވޭ ވެކްސިނުން ފެށިގެން ދެވޭ ހުރިހާ ވެކްސިންތަކުގެ މައުލޫމާތު އެއްތަނަކުން ފެންނަން ހުންނާނެެވެ.

މީގެ ސަބަބުން ވެކްސިނޭޝަން ސެންޓަރުތަކުން ކުއްޖަކަށް ކުރިން ދީފައިވާ ވެކްސިނޭޝަންތައް ވެރިފައި ކުރުމަށް މިހާރު ދިމާވަމުންދާ ގޮންޖެހުން ތަކަށް ލުޔެއް ލިބިގެންދާނެކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި ގައުމީ އިމުނައިޒޭޝަން ޕްރޮގްރާމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް އިތުރަށް ފަސޭހަވެ، ރާއްޖޭގެ ވެކްސިން ކަވަރޭޖް ނުވަތަ ވެކްސިން ފުރިހަމަކޮށްފައިވާ ކުދިންގެ ނިސްބަތް ވަގުތުން ވަގުތަށް ދެނެގަތުމަށް ފަސޭހަވެގެންދާނެއެވެ. މީގެ އިތުރުން، ރާއްޖޭގެ ހުރަހާ ކުދިން ގަވާއިދުން ވެކްސިންތައް ފުރިހަމަ ކުރޭތޯ ޔަޤީންކުރުމަށް ކުރާ މަސައްކަތްތަކަށް މި ރެޖިސްޓްރީ މެދުވެރިކޮށް ލިބޭ މައުލޫމާތުތައް ބޭނުންކުރެވިގެން ދާނެއެވެ.

ޤައުމީ ވެކްސިން ޕްރޮގްރާމްގެ ލަނޑުދަނޑިއަކީ، ވެކްސިން ޖަހައިގެން ރައްކާތެރިކުރެވޭ ނުރައްކާތެރި ގައިންގަޔަށް އަރާ ބަލިތަކުން ކުދިން ރައްކާތެރިކުރުމަށް، ފެންވަރު ރަނގަޅު ވެކްސިން، އެ ވެކްސިންޖަހަންޖެހޭ ވަގުތުގައި ފޯރުކޮށްދިނުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ރާއްޖޭގައި ޒިކާ ވައިރަސް ފެތުރެމުން ނުދޭ: ހެލްތު މިނިސްޓްރީ
ސިއްހީ ޚިދުމަތްތަކާމެދު އިތުބާރު ގެއްލޭގޮތަށް ވާހަކަ ފަތުރައި، ފޮޓޯ އާންމުކުރުން ކުށްވެރިކޮށްފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި ޑައެލިސިސް ޚިދުމަތް ފަށަނީ
އޮކްސިޖަން ފުޅިން އޮކްސިޖަން ހުސްވެގެން މީހަކު މަރުވިކަމުގެ ތުހުމަތު، މައްސަލަ ދަނީ ބަލަމުން
ޞިއްޙީ ޚިދުމަތްދިނުމުގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުން އެކަށީގެންވާ ބަދަލެއް އަންނާނެކަމަށް ނުބެލެވޭ - ޒިޔާދު
24 ގަޑިއިރަށް ޚިދުމަތް ބަދަލުކޮށްފައިވާ އެއްވެސް ސިއްހީ މަރުކަޒަކަށް 24 ގަޑިއިރު ޚިދުމަތް ނުދެވޭނެކަމަށް ނާނގާނެ: މިނިސްޓަރު ހަލީލު
މޮޅަދޫގެ ސިއްހީ މަރުކަޒުގެ މަސައްކަތް ހުއްޓިފައި އޮތީ ބަޖެޓު ނެތުމުން، ޚިދުމަތް ދިނުމުގައި ކުޑަބޮޑު ރަށެއް ނުބަލަން: މިނިސްޓަރު ހަލީލު
ރޯދަމަހު މާލޭގެ ސަރަހައްދުތަކުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަދަލު ގެނެސްފި