ކ. މާލެ
|
3 އޮކްޓޯބަރ 2022 | ހޯމަ 05:43
ގެއްލިގެން ހޯދަމުންދިޔަ މީހާ
ގެއްލިގެން ހޯދަމުންދިޔަ މީހާ
ޕޮލިސް
މީހަކު ގެއްލިގެން ހޯދުން
އައްޑޫއިން ގެއްލިގެން ހޯދަމުންދިޔަ މީހާ ހުރީ މަސްދޯންޏެއްގައި
 
ފުލުހުން ވަނީ އޭނާ ހޯދުމަށް އާންމުންގެ އެހީއަށް އެދިފައި
 
އޭނާގެ ހާލު ރަނގަޅު

އައްޑޫއިން ގެއްލިގެން ހޯދަމުންދިޔަ މީހާއާ ގުޅިފައިވާކަމަސް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

28 އަހަރުގެ އުބައިދުﷲ ހަސަން ނަމަކަށް ކިޔާ ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަމުންދާކަމަށް އާދިއްތަ ދުވަހުގެރޭ ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އޭނާ ހޯދަން ކުރި މަސައްކަތުން ހޯމަ ދުވަހުގެ މެންދަމު 00:50 އެހާއިރު އޭނާއާ ގުޅިފައިވާކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށާއި، އޭނާ ހުރީ މަސްދޯންޏެއްގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ސެޕްޓެމްބަރު 29 ވަނަ ދުވަހުއެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ ސެޕްޓެމްބަރު 27 ވަނަ ދުވަހުގެ 08:00 އެހާކަންހާއިރު ހިތަދޫ ގުރައިޝާމަންޒިލްގެ ކައިރިންނެވެ.

އެހެންކަމުން ފުލުހުން ވަނީ އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން