ކ. މާލެ
|
1 އޮކްޓޯބަރ 2022 | ހޮނިހިރު 21:54
ޓްރޮސާޑް ލިވަޕޫލް ކޮޅަށް ހެޓްރުކް ހެދުމަށްފަހު
ޓްރޮސާޑް ލިވަޕޫލް ކޮޅަށް ހެޓްރުކް ހެދުމަށްފަހު
ރޮއިޓަސް
އިނގިރޭސި ޕްރިމިއަރ ލީގު
ޗެލްސީ ފަހުވަގުތު މޮޅު، ލިވަޕޫލަށް މޮޅެއް ނުވެވުނު
ބްރައިޓަން އޮތީ ހަތަރު ވަނާގައި

އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީން ފަހު ވަގުތު ކްރިސްޓަލް ޕެލަސް އަތުން މޮޅުވެ, ލިވަޕޫލް ބްރައިޓަން އަތްދަށުވެއްޖެއެވެ.

ޗެލްސީ ކްރިސްޓަލް ޕެލަސް އަތުން މޮޅުވީ ފަހަތު އަރާ ދެ ލަނޑު ޖަހައިގެންނެވެެ. އަދި މެޗުން މޮޅުވި ލަނޑު ޖެހީ މެޗުގެ ފަހު މިނިޓްގައެވެ. މެޗުގެ ހަތްވަނަ މިނިޓްގައި ކްރިސްޓަލް ޕެލަސްގެ އެޑުއާޑް ލަނޑު ޖަހާ އެޓީމަށް ކުރި ހޯދައިދިނެވެ. ޗެލްސީއަށް ނަތީޖާ ހަމަހަމަކޮށްދިނީ ކުރިން އާސެނަލްއަށް ކުޅުމަށްފަހު, ބާސާގައި ދުވަސްކޮޅެއް ހޭދަކޮށް އެނބުރި ޕްރިމިއަރ ލީގަށް އައި އޮބަމަޔަންގއެވެ.މިއީ އޭނާ ޗެލްސީއަށް ބަދަލުވެ ޖަހައިދިން ފުރަތަމަ ގޯލެވެ. ޗެލްސީ މެޗުން މޮޅުކޮށްދިނީ ބަދަލަކަށް ނިކުއިން ގަލަގާއެވެ. މިއީ ޗެލްސީގެ ކޯޗުކަމާ ހަވާލުވެ ގްރަހަމް ޕޮޓާ ހޯދައިދިން ފުރަތަމަ މޮޅެވެ.

ލިވަޕޫލް ސިއްސުވާލީ ޓްރޮސާޑްއެވެ. 3-3 ން އެއްވަރުވި މެޗުގައި ބްރައިޓަންގެ ތިން ލަނޑުވެސް ޖެހީ ޓްރޮސާޑްއެވެ. ލިވަޕޫލްގެ ދަނޑުގައި އޭނާ ހެޓްރިކް ހެދީ 4 ވަނަ މިނިޓާއި, 17 ވަނަ މިނިޓާއި, 83 ވަނަ މިނިޓްގައި ލަނޑު ޖަހައިގެންނެވެ. ބްރައިޓަންއިން ދެ ލަނޑު ޖެހިފަހުން ލިވަޕޫލްގެ ފުރަތަމަ ދެގޯލް ޖެހީ ރޮބާޓޯ ފިރުމީނިއޯއެވެ. އޭނާ ޖެހި ފުރަތަމަ ލަނޑު ބަލައިގަތީ އޮފްސައިޑްތޯ ވީއޭއާރުން ބެލުމަށްފަހުއެވެ. ތިންވަނަ ލަނޑަކީ ބްރައިޓަންގެ ވެބްސްޓާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިމޮޅާއެކު ބްރައިޓަންގެ އާ ކޯޗު ރޮބާޓޯ ޑި ޒާބީއަށް ވަނީ އުފާވެރި ފެށުމެއް ލިބިފައެވެ.

ލިވަޕޫލް އަތުން ހޯދި ޕޮއިންޓާއެކު ބްރައިޓަން އޮތީ 14 ޕޮއިންޓާއެކު ހަތަރު ވަނާގައެވެ. ލިވަޕޫލް އޮތީ 10 ޕޮއިންޓާއެކު ނުވަ ވަނައިގައެވެ. ޗެލްސީ އޮތީ 13 ޕޮއިންޓާއެކު ފަސް ވަނައިގައެވެ.

- ކޮމެންޓް