Advertisement
ކ. މާލެ
|
23 ސެޕްޓެންބަރ 2022 | ހުކުރު 17:12
ލަންކާގެ ޖަސްޓިސް މިނިސްޓަރ
ލަންކާގެ ޖަސްޓިސް މިނިސްޓަރ
އިކޮނޮމީ ނެކްސްޓް
ޖިނާއީ ތަހުގީގު ހިންގުން
ރާއްޖެއާ ގުޅިގެން ކްރިމިނަލް އިންވެސްޓިގޭޝަން ކުރަން ލަންކާއިން ނިންމައިފި
މިކަމާ ގުޅޭ ޕްރޮޕޯސަލެއް ލަންކާ ކެބިނެޓުން ވަނީ ފާސްކޮށްފައި
މި ޕްރޮޕޯސަލްގައި ދެގައުމުގެ ގުޅުން ވަރުގަދަކުރުން ހިމެނޭ

ސްރީލަންކާއިން ރާއްޖެއާ ގުޅިގެން ކްރިމިނަލް އިންވެސްޓިގޭޝަންގެ މަސައްކަތްތަކެއް ކުރަން ނިންމައިފިއެވެ.

ލަންކާގެ ޖަސްޓިސް މިނިސްޓަރ ވިޖެޔާދަސާ ރާޖަޕަކްސަ ވަނީ އެގައުމުން ރާއްޖެއާ ގުޅިގެން ކްރިމިނަލް އިންވެސްޓިގޭޝަންތައް ކުރުމަށް ބޭނުންވާތީ މިކަމަށް އެދި ޕްރޮޕޯސަލެއް ތައްޔާރުކޮށްފައެވެ.

ބުރާސްފަތި ދުވަހު އެގައުމުގެ ކެބިނެޓު މިނިސްޓަރުންގެ މެދުގައި ބޭއްވި ބައްދަލުވުމުގައި މި ޕްރޮޕޯސަލް ވަނީ އެޕްރޫވްކޮށްފައެވެ.

Advertisement

ލަންކާ ސަރުކާރުން ބުނީ މި ޕްރޮޕޯސަލްގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ދެގައުމުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި ދިމާވާ ގޮންޖެހުންތައް ކުޑަކުރުމާއި، ދެގައުމުގެ ގުޅުން ބަދަހިކުރުން ހިމެނޭ ކަމަށެވެ.

މިކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް ދިވެހި ސަރުކާރުން މިހާތަނަށް ހިއްސާކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް