ކ. މާލެ
|
21 ސެޕްޓެންބަރ 2022 | ބުދަ 22:48
އެމެރިކާގެ ރައީސް ޖޯ ބައިޑަން
އެމެރިކާގެ ރައީސް ޖޯ ބައިޑަން
ރޮއިޓާސް
އެމެރިކާގެ ރައީސް ޖޯ ބައިޑަން
ރަޝިއާއިން ވަނީ އެއްވެސް ލަދެއްނެތި އދ. ގެ ޗާޓަރާ ފާޅުގައި ޚިލާފުވެފައި: ބައިޑަން
މިއީ ރަޝިއާއިން އެއްވެސް ލަދެއް ނެތި، ޔޫކްރެއިން ފުހެލުމަށް ކުރާކަމެއް
ރަޝިއާގެ މިއަމަލަކީ އދ. ގެ ޗާޓަރާ ކަނޑައެޅިގެން ހިލާފު އަމަލެއް
ނިއުކްލިއަރ ހަނގުރާމަ އަކީ ކޮށްގެންވާނެ ހަނގުރާމައެއް ނޫންކަމަށް ބައިޑަން ވިދާޅުވި

ރަޝިއާއިން ދަނީ ނިއުކްލިއަރ ހަތިޔާރު ބޭނުންކުރާނެ ކަމުގެ އިންޒާރު ދެމުންކަމަށާއި އެގައުމުން ޔޫކްރެއިނަށް އަރައި ފެށި ހަނގުރާމަ އާއިއެކު ފާޅުގައި އދ. ގެ ޗާޓަރާ ހިލާފުވެފައިވާކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ނިއުޔޯކްގައި ކުރިއަށްގެންދާ އދ. އާންމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ބައިޑަން ވަނީ ރަޝިއާގެ ރައީސްގެ އަމުރަށް އެގައުމުގެ އަސްކަރިއްޔާއިން ޔޫކްރެއިނަށް އަރައި ފެށި ހަނގުރާމައިގެ ސަބަބުން ނުރުހުމުގެ ބަސްތައް ޕުޓިންއަށް އަމާޒުކުރައްވާފައެވެ. އަދި ޕުޓިން ފެއްޓެވި ހަނގުރާމައި ގައި ރަޝިއާ އާއި ދެކޮޅަށް ހަނގުރާމަކުރުމަށް އދ. ގެ 40ހަކަށް މެމްބަރުން ޔޫކްރެއިނަށް ވާގިވެރިވެ އެހީތެރިވަމުންދާކަމަށް ބައިޑަން ވަނީ ފާހަގަކުރައްވާފައެވެ.

ބައިޑަން ވަނީ ރަޝިއާގެ މިއަމަލަކީ އދ. ގެ ޗާޓަރާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށް ވިދާޅުވެފައެވެ. އަދި މިއީ ރަޝިއާއިން އެއްވެސް ލަދެއް ނެތި، ޔޫކްރެއިން ފުހެލުމަށް ކުރާކަމެއް ކަމަށް ބައިޑަން ވިދާޅުވިއެވެ.

ރަޝިއާގެ ރައީސް އެގައުމަށް ހުޅަނގުން ބިރުދައްކަމުންދާ ކަމަށް ވިދާޅުވި ނަމަވެސް އެއްވެސް ބަޔަކު ރަޝިއާއަށް ބިރުދައްކަމުން ނުދާކަމަށްވެސް ބައިޑަން ވިދާޅުވިއެވެ. އެމެރިކާއިން ޔޫކްރެއިނާއެކު ދެމިހުންނާނެ ކަމަށް ވިދާޅުވަމުން ބައިޑަން ވަނީ ހަނގުރާމަ ފަށައި މަސްލަހަތު ގޯސްކުރުމުގެ މަސައްކަތްކުރަނީ ރަޝިއާއިން ކަމަށް ވިދާޅުވެފައެވެ.

ރަޝިއާގެ އާންމުރައްޔިތުންވެސް އަސްކަރިއްޔާއާއި ގުޅުމަށް އަމުރު ނެރި ގައުމުގެ ދިފާއުގައި ކުރަންޖެހުނު ކޮންމެ ކަމެއްވެސް ކުރާނެ ކަމަށް ވިދާޅުވެ ނިއުކްލިއަރ ހަތިޔާރު ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި އެކަމަށް ތައްޔާރަށް އޮތްކަމަށް މޭރުންވާ އިބާރާތުން ޕުޓިން ދެއްކެވި ވާހަކަފުޅާއެކު ބައިޑަން ވަނީ ނިއުކްލިއަރ ހަނގުރާމައަކީ މޮޅުވެވޭނެ ހަނގުރާމައެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި ނިއުކްލިއަރ ހަނގުރާމައެއް ފެށުމަށްވުރެ ރަނގަޅުވާނީ ނުފެށުންކަމަށް ބައިޑަން ވިދާޅުވިއެވެ.

ނިއުކްލިއަރ ހަނގުރާމަ އަކީ ކޮށްގެންވާނެ ހަނގުރާމައެއް ނޫންކަމަށް ބައިޑަން ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
ކޮމެންޓް
- ގުޅުންހުރި
ސިއްރިއްޔާތުގައި މިނިސްޓަރު އިހުސާން މައުލޫމާތުތަކެއް ދެއްވަން ޖެހޭތީ 241 ކޮމިޓީ ސިއްރު
ދިގު ރާސްތާގެ ހަތިޔާރު ޔޫކްރެއިނަށް ބޭނުންވާ ކަމަށް ޒެލެންސްކީ އަނެއްކާވެސް ވިދާޅުވެއްޖެ
ޖަމީލްގެ މަރާއި އެކު ޖަލުގެ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް - މީގެ ފަހުން ޖަލުގައި މަރުވާ އެންމެންގެ ޕޯސްޓްމޯޓަމް ހަދާނެ
ޒާތީ އެތައް ބަހުގެ ހަމަލާތަކެއްގެ ތެރެއިން ބައިޑްން އާ ޓްރަމްޕް ގެ ފުރަތަމަ ރިޔާސީ ބަހުސް ބާއްވައިފި
ޖަލަށް ފޯނާއި މަސްތުވާތަކެތި ވެއްދުމުގައި ކަރެކްޝަންސް އޮފިސަރުންގެ ބައިވެރިވުން - މިއަހަރު އެކަނި 73.6 މިލިއަން ރުފިޔާ އޮފިސަރުންނަށް ލިބިފައިވޭ
ޔޫކްރެއިނުން 10 އަހަރު ދުވަހުގެ ސަލާމަތީ އެއްބަސްވުމެއްގައި ވިލާތުގެ އިއްތިހާދާ އެކު ސޮއި ކޮށްފި
ޔޫކްރެއިންގެ ވައިގެ ބަނދަރުތަކަކަށް ރަޝިއާއިން ހަމަލާދީފި
"މަސްތުވާތަކެތި ބޭނުންކުރާ އައްޑާތަކުގެ ގޮތުގައި މާލޭގައި ބޭނުންކުރި 50 ތަނެއް، އޭގެ ތެރޭގައި ސަރުކާރު އިމާރާތްތައް ހިމެނޭ"