Advertisement
ކ. މާލެ
|
9 ސެޕްޓެންބަރ 2022 | ހުކުރު 16:01
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު
މުހައްމަދު ޝަރުހާން
ތިން ފުލުހަކަށް ހަމަލާދިނުން
ތިން ފުލުހުންނަށް ހަމަލާދިނީ ހެންވޭރުގެ މަޝްހޫރު ގޭންގަކުން: ސީޕީ ހަމީދު
މި ހަމަލާ ދިނުމުގައި ހަރަކާތްތެރިވި އިތުރު މީހުން ހައްޔަރު ކުރާނަން

މަޖީދީމަގު ޔޫރޯ ސްޓޯރު ކައިރިން ފުލުހުންތަކަކަަށް ހަމަލާދިނީ ހެންވޭރުގެ މަޝްހޫރު ގޭންގަކުން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ފުލުހުންނަށް ހަމަލާ ދިނީ ހުކުރު ދުވަހު 11:52 ހާއިރު، އެމީހުން އޮފް ޑިއުޓީގައި އުޅެނިކޮށް ކަމަށެވެ. މި ހާދިސާގައި އަނިޔާވި ފުލުހުންނަށް އޭޑީކޭގައި ފަރުވާދެމުން ދާއިރު އެމީހުންގެ ހާލު ބައްލަވާފައިވާ ކަމަށް ވެސް ހަމީދު ވިދާޅުވިއެވެ.

ފުލުހުންތަކަކަަށް ހަމަލާދިން މައްސަލައިގައި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު މި ހަމަލާ ދިނުމުގައި ހަރަކާތްތެރިވި އިތުރު މީހުން ހައްޔަރު ކުރައްވާނެ ކަމަށާއި ފުލުހުންނަށް ދޭ މިފަދަ ހަމަލާގެ މައްސަަލަތައް ވަރަށް ސީރިއަސްކޮށް ނަންގަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement

ހަމީދު އިތުރަށް ވިދާޅުވީ ރޭވިގެން ހިންގާ ކުށްތަކާއި މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރާ މަސައްކަތުގައި ފުލުހުން ފަހަތަށް ނުޖެހޭނެ ކަމަށާއި ނަމަވެސް ގޭންގުތަކުގެ ކުށްތަކާއި މަސްތުވާތަކެތީގެ މައްސަލަަތައް ހުއްޓުވޭނީ އެންމެން ގުޅިގެން ކަމަށެވެ.

މުޖުތަމައު އަށް ޙިދުމަތްކޮށް އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި ފުލުހުންގެ ރައްކާތެރިކަން ވެސް ކަަށަވަރުކުރުމަށް އިތުރު އެއްބާރުލުން ބޭނުންވާ ކަމަށް ހަމީދު ފާހަގަކުރެއްވިއެވެ.

ފުލުހުންނަށް ހަމަލާދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯގައި ފެންނަ ގޮތުގައި ސައިކަލެއްގައި ވެއްޓިފައި އޮތް މީހަކު ފުލުހުން ނަގައި އެމްބިއުލާންސްއަކަށް އަރުވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް
9 ސެޕްޓެންބަރ 2022 | ހުކުރު 18:44
ސީމާ
ޥަރަށް ފާޅުކަންބޮޑު ގޮތެއްގަ ގޭންގުތައް ހަދައުގެން އެތަކެތް ޖަރީމާތަކެތް ހިންގަމުންދާއިރު ފުލުހުންނަށް ކުރެވޭއެތްވެސް ކަމެތްނޯވޭ މި ގޭންގުތަކުން ހިންގާ މަދު ޖަރީމާ އެތް މީޑިޔާއަށް ތިލަވަނީ މިހާރު ގޭންގުނަމުގަ ބައިވެރިވެ ކުޅިވަރު ތަކުގަޔާ އެހެން ކަންކަމުގަ ފާޅުގަ ގޭނގުތަށް ޕޮޜޮމޯޓުކުރަމުން ދަނީ މީ ބިރުވަރި ކަމެތް އެހެން އެކަން ކުރެވިގެން ނުވާނެ