Advertisement
ކ. މާލެ
|
6 ސެޕްޓެންބަރ 2022 | އަންގާރަ 08:51
އެކްސަސައިޒް އެކަތަ ފެށުމުގެ ރަސްމިއްޔާތު
އެކްސަސައިޒް އެކަތަ ފެށުމުގެ ރަސްމިއްޔާތު
އެމްއެންޑީއެފް
އެކްސަސައިޒް އެކަތަ
އިންޑިއާގެ ނޭވީއާއި އެމްއެންޑީއެފުން ގުޅިގެން ހިންގާ "އެކްސަސައިޒް އެކަތަ" ފަށައިފި
މި އެކްސަސައިޒްގައި ކޮމްބެޓް ޝޫޓް، ވީބީއެސްއެސް، ޑިމޮލިޝަން، ސީކިއުބީ، ޑައިވޭޓަރ ޑައިވިންގ، ރީބްރީތަރ ޑައިވިންގެ އިތުރުން ޑައިވިންގ އޮޕަރޭޝަން ފަދަ ބައިތައް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައި

އިންޑިއާ ނޭވީއާއި އެމްއެންޑީއެފް ގުޅިގެން ހިންގާ "އެކްސަސައިޒް އެކަތަ 2022" އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގައި ފަށައިފިއެވެ.

ހޯމަ ދުވަހުން ފެށިގެން އޮކްޓޯބަރު 3 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި އެކްސަސައިޒްް ފެށުމުގެ ގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ހެޑް ކުއާޓާސް ލ. ކައްދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް މެރިން ކޯރގެ ޑައިރެކްޓަރު، ލެފްޓިނެންޓް ކާނަލް އިބްރާހީމް ނަވީން ޒުބައިރެވެ.

Advertisement

މި ރަސްމިއްޔާތުގައި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު ކެޕްޓަން މަހޭޝް ސީ. މޯޑްގިލްގެ އިތުރުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ޑެޕިއުޓީ ކޮމާންޑަރ ލެފްޓިނެންޓް ކާނަލް މުޙައްމަދު ފަސީހު ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްއެންޑީއެފް މެރިން ކޯރ ސްޕެޝަލް އޮޕަރޭޝަންސް ގުރޫޕްގެ 30 މެރީންސްއާއި އިންޑިއަން ނޭވީގެ 10 މެރިން ކޯމާންޑޯސް ބައިވެރިވާ މި އެކްސަސައިޒްގައި ކޮމްބެޓް ޝޫޓް، ވީބީއެސްއެސް، ޑިމޮލިޝަން، ސީކިއުބީ، ޑައިވޭޓަރ ޑައިވިންގ، ރީބްރީތަރ ޑައިވިންގެ އިތުރުން ޑައިވިންގ އޮޕަރޭޝަން ފަދަ ބައިތައް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް