ކ. މާލެ
|
2 ސެޕްޓެންބަރ 2022 | ހުކުރު 12:08
ވަޓްސްއެޕް
ވަޓްސްއެޕް
ސީ.އެން.އެން
ވަޓްސްއެޕް
ވަޓްސްއެޕުން އިންޑިއާގެ 2.4 މިލިއަން އެކައުންޓް ބޭންކޮށްލައިފި
 
ޖޫން މަހު ވެސް 2.21 މިލިއަން އެކައުންޓް ބޭން ކުރި

އިންޑިއާގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު އެޕްލިކޭޝަނެއް ކަމަށްވާ ވަޓްސްއެޕް އިން އެ ޤައުމުގެ 2.4 މިލިއަން އެކައުންޓް ބޭން ކޮށްލައިފިއެވެ.

މިކަން ހާމަ ކޮށްފައިވަނީ ވަޓްސްއެޕްގެ ޕޭރެންޓް ކުންފުނި، "މެޓަ" އިން ނެރެފައިވާ މިދިޔަ ޖުލައި މަހުގެ ތަފާސްހިސާބުތަކުގައެވެ. އެގޮތުން މިހާ ގިނަ އަދަދެއްގެ އެކައުންޓުތައް އެއްފަހަރާ ބޭން ކޮށްފައިވަނީ އިންޑިއާގެ އައިޓީ ޤާނޫނުތައް ހަރުކަށި ވުމުގެ ސަބަބުން ކަމަށް ރޮއިޓަރސްގައި ވަނީ ރިޕޯޓް ކޮށްފައެވެ.

އިންޑިއާގެ އައިޓީ ޤާނޫނުގައި ބުނެފައިވާ ގޮތުގައި ބޮޑެތި މީޑިއާ ޕްލެޓްފޯމުތަކުން ވެސް ކޮންމެ މަހަކު ކޮމްޕްލައެންސް ރިޕޯޓުތައް ހުށަހަޅަން ޖެހޭނެއެވެ. އަދި އެއްވެސް ކޯޓަކުން އެކައުންޓެއްގެ މައުލޫމާތު ބޭނުންވެއްޖެ ހާލަތެއްގައި އެ މައުލޫމާތު ކޯޓާއި ހިއްސާ ކުރަން ޖެހޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ރޮއިޓަރސް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މީގެ ތެރެއިން ބޭން ކޮށްފައިވާ އެކައުންޓުތަކުގެ ތެރެއިން 1.42 މިލިއަން އެކައުންޓަކީ އެއްވެސް ޝަކުވާއެއް ނުލިބެނީސް ބޭން ކޮށްފައިވާ އެކައުންޓުތައް ކަމަށެވެ. ނަމަވެސް ގިނަ އެކައުންޓުތައް ބޭން ކުރީ އެކި ޝަކުވާތަކާ ގުޅިގެން ކަމަށް ވަޓްސްއެޕް އިން ވަނީ ބުނެފައެވެ.

ވަޓްސްއެޕް މެދުވެރިކޮށް ދޮގު ޚަބަރު ފަތުރަމުން އަންނަ ކަމަށާއި ނަފްރަތު އުފެއްދުމުގެ ކަންކަން ކުރަމުން އަންނަ ކަމަށް އިންޑިއާގެ ސަރުކާރުން ތުހުމަތު ކޮށްފައިވާއިރު މިދިޔަ ޖޫން މަހު ވެސް އެ އެޕްލިކޭޝަނުން ވަނީ އިންޑިއާގެ 2.21 މިލިއަން އެކައުންޓް ބޭން ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
100%
0%
ކޮމެންޓް