ކ. މާލެ
|
2 ސެޕްޓެންބަރ 2022 | ހުކުރު 07:13
އިންޑިއާގައި އުފެއްދި ރަހިމުގެ ކެންސަރަށް ވެކްސިންއެއް އުފެއްދުން
އިންޑިއާގައި އުފެއްދި ރަހިމުގެ ކެންސަރަށް ވެކްސިންއެއް އުފެއްދުން
ރާއްޖެއެމްވީ
ރަހިމުގެ ކެންސަރަށް ފަރުވާ ހޯދުން
އިންޑިއާގައި ރަހިމުގެ ކެންސަރަށް ވެކްސިންއެއް އުފައްދައިފި
 
ވެކްސިންގެ އަގު ހުންނާނެ ކަމަށް ލަފާކުރެވެނީ 200 ރުޕީސް އާއި 400 ރުޕީސް އާއި ދެމެދުގައި
 
ރަހިމުގެ ކެންސަރަކީ މުޅި ދުނިޔޭގައި ވެސް އަންހެނުންނަށް އެންމެ ގިނައިން ޖެހޭ ކެންސަރު

އިންޑިއާގައި ރަހިމުގެ ކެންސަރަށް ވެކްސިންއެއް އުފައްދައިފިއެވެ.

މިވެކްސިން އުފައްދާފައިވަނީ ދަ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ އިންނެވެ. މި ވެކްސިން އުފެއްދި ކުންފުންޏާއި އިންޑިއާގެ ސަރުކާރާއި ހަވާލާދީ މީޑިއާތަކުން ވަނީ އެ ވެކްސިން މާކެޓަށް ނެރެން ތައްޔާރުވަމުންދާ ކަަމަށް ރިޕޯޓްކޮށްފައެވެ.

މި ވެކްސިންގެ އަގު ހުންނާނެ ކަމަށް ބެލެވެނީ 200 ރުޕީސް އާއި 400 ރުޕީސް އާއި ދެމެދުގައެވެ. ދަ ސިރަމް އިންސްޓިޓިއުޓްއިން ބުނީ އެ ކުންފުނީގެ އަމާޒަކީ 2 އަހަރު ދުވަހުގެ ތެރޭގައި 200 މިލިއަން ޑޯޒް އުފެއްދުން ކަމަށެވެ.

ރަހިމުގެ ކެންސަރަކީ މުޅި ދުނިޔޭގައި ވެސް އަންހެނުންނަށް އެންމެ ގިނައިން ޖެހޭ ކެންސަރެވެ. 2020 ވަނަ އަހަރު 604،00 މީހުންނަށް ވަނީ ރަހިމުގެ ކެންސަރު ޖެހިފައެވެ. އަދި 342،000 މީހުންނަށް ވަނީ އެ އަަހަރު ރަހިމުގެ ކެންސަރު ޖެހިގެން މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
33%
33%
17%
0%
0%
17%
ކޮމެންޓް