Advertisement
ކ. މާލެ
|
1 ސެޕްޓެންބަރ 2022 | ބުރާސްފަތި 18:20
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު
ވެމްކޯ
ވެމްކޯގެ އެމްޑީގެ މަޤާމު
ވެމްކޯގެ އެމްޑީގެ މަޤާމަށް ސިރާޖު
ސިރާޖް އެ މަޤާމަށް އައްޔަންކުރައްވާފައި ވަނީ ބުދަ ދުވަހު
އޭނާ މީގެ ކުރިން ހުންނެވީ ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި
އެ މަޤާމަށް ބޭފުޅަކު އައްޔަން ކުރެއްވީ އެ މަޤާމު ހުސްކޮށް އޮންނަތާ 5 މަސް ދުވަސް ފަހުން

ވެމްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޔޫސުފް ސިރާޖު ހަމަޖައްސައިފިއެވެ.

ވެމްކޯގެ އެމްޑީއަކަށް ޔޫސުފް މިއަދު އައްޔަންކޮށްފައިވާކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ހާމަކޮށްފައެވެ. އޭނާ އެ މަޤާމަށް އައްޔަންކުރައްވާފައި ވަނީ ބުދަ ދުވަހުއެވެ. އޭނާ މީގެ ކުރިން ހުންނެވީ ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. ޔޫސުފް ސިރާޖް ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސާފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން މާސްޓާސް ހާސިލްކުރައްވާފައިވާ ޔޫސުފް ސިރާޖު އަކީ 2011-2014އަށް ހއ. އަތޮޅުގެ އަތޮޅު ކައުންސިލަރު ކަމާއި ރައީސް ކަންވެސް ކުރައްވާފައިވާ ބެފުޅެކެވެ.

Advertisement

ވެމްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވާފައި މި ވަނީ އެ މަޤާމު ހުސްކޮށް އޮންނަތާ 5 މަސް ދުވަސް ފަހުންނެވެ. ވެމްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވެފައި ވަނީ މީގެ ކުރިން އެމަގާމުގައި ހުންނެވި އާދަމް މުހައްމަދު އެ މަޤާމުން ވަކި ކުރުމާއި ގުޅިގެންނެވެ. އޭނާ މަޤާމުން ވަކިކޮށްފައި ވަނީ މިދިޔަ މާޗު މަހު 14 ވަނަ ދުވަހުއެވެ. އޭގެ ފަހުން އާދަމް މުހައްމަދު ޕޯޓްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަަމަށް ވަނީ އައްޔަންކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް