ކ. މާލެ
|
31 އޯގަސްޓް 2022 | ބުދަ 09:27
ލިއާންޑްރޯ ޕަރޭޑްސް
ލިއާންޑްރޯ ޕަރޭޑްސް
ޕަރޭޑްސްގެ ކުރިމަގު
ލޯނު އެއްބަސްވުމެއްގެ ދަށުން ޕަރޭޑްސް ޔުވެންޓަސްއަށް
 
ޕަރޭޑްސް ހޯދުމަށް ޔުވެންޓަސް އިން 20 މިލިއަން ޔޫރޯ ޕީއެސްޖީއަށް ދައްކާނެ

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށް ފުޓުބޯޅަ ކުޅެމުން އަންނަ އާޖެންޓީނާގެ ޑިފެންސިވް މިޑްފީލްޑަރު ލިއާންޑްރޯ ޕަރޭޑްސް ޔުވެންޓަސް އަށް ބަދަލުވާން ނިންމައިފިއެވެ.

ޕަރޭޑްސް ޔުވެންޓަސް އަށް ބަދަލުވާނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. މިއީ ޕަރޭޑްސްގެ ކެރިއަރުގައި އޭނާ ލޯނު އެއްބަސްވުމެއްގެ ދަށުން ބަދަލުވާ ހަތަރު ވަނަ ކުލަބެވެ. ލޯނު އެއްބަސްވުމެއްގެ ދަށުން ޕަރޭޑްސް ހޯދުމަށް ޔުވެންޓަސް އިން 20 މިލިއަން ޔޫރޯ ޕީއެސްޖީއަށް ދައްކާނެއެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ޔުވެންޓަސް އަށް ބަދަލުވުމަށް ޕަރޭޑްސް ވަނީ އޮގަސްޓު މަހުގެ ކުރީ ކޮޅު އެއްބަސްވެފައެވެ. އަދި ހަމައެކަނި އޭނާ ބަދަލުވާން ބޭނުންވާ ކުލަބަކީ ޔުވެންޓަސް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ޔުވެންޓަސް އަށް ބަދަލުވުމުގެ ގޮތުން ހަދަން ޖެހޭ މެޑިކަލް ޓެސްޓުގެ ކަންކަން ބުދަ ދުވަހުގެ ވަގުތެއްގައި ޕަރޭޑްސް ހަދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އުމުރުން 28 އަހަރުގެ ޕަރޭޑްސް އޭނާގެ ސީނިއަރ ކެރިއަރު ފަށާފައިވަނީ ބޮކާ ޖޫނިއަރސް އިން 2010 ވަނަ އަހަރުއެވެ. އޭނާ ޕީއެސްޖީއަށް ބަދަލުވެފައިވަނީ 2019 ވަނަ އަހަރުއެވެ. ޕީއެސްޖީއަށް ބަދަލުވި ފަހުން އޭނާ ވަނީ ޕީއެސްޖީއަށް ކުޅެދިން 117 މެޗުގައި ތިން ލަނޑު ޖަހާފައެވެ. މީގެ އިތުރުން އޭނާ ވަނީ ޕީއެސްޖީއާއެކު ފްރާންސް ލީގާއި، ފްރާންސް ކަޕާއި، ކަޕް ލީގު އަދި ޓްރޮފީ ޗެމްޕިއަންކަން ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް