ކ. މާލެ
|
30 އޯގަސްޓް 2022 | އަންގާރަ 15:44
މެޑްހޯޕް މެޑިކަލް ސެންޓަރުގެ މުވައްޒަފުން، މިތަނުން ލޮލާއި ދަތުގެ ފަރުވާ ލިބޭ
މެޑްހޯޕް މެޑިކަލް ސެންޓަރުގެ މުވައްޒަފުން، މިތަނުން ލޮލާއި ދަތުގެ ފަރުވާ ލިބޭ
ރާއްޖެއެމްވީ
މެޑްހޯޕް މެޑިކަލް ސެންޓަރ
މެޑްހޯޕް މެޑިކަލް ސެންޓަރުން ލޮލުގެ ފަރުވާ ދިނުމަށްޓަކައި އައި އެންޑް އޮޕްޓިކަލް ޑިޕާޓްމަންޓުގެ ހިދުމަތް ތައާރަފް ކޮށްފި
ދަތުގެ ހުރިހާ ފަރުވާއެއް މެޑްހޯޕް ކްލިނިކުން ލިބޭނެ
މެޑް ހޯޕްއިން އާސަންދަ ލިބޭ
ރާއްޖެއިން ބޭރަށް ދާއިރު ނަރުހެއްގެ އެހީތެރިކަން ބޭނުންވާނަމަ އެ ހިދުމަތް ލިބޭނެ
ހަމުގެ ބަލިތަކުގެ ފަރުވާ އަންނަ މަހުގައި ފެށުމަށް ދަނީ ތައްޔާރުވަމުން

މެޑްހޯޕް މެޑިކަލް ސެންޓަރުން ލޮލުގެ ފަރުވާދިނުމަށްޓަކައި އައި އެންޑް އޮޕްޓިކަލް ޑިޕާޓްމަންޓުގެ ހިދުމަތް ތައާރަފްކޮށްފިއެވެ.

މެޑްހޯޕުން ބުނީ ލޮލުގެ ހިދުމަތް ފެށުމުގެ ގޮތުން ބޭއްވި ހަފްލާގައި މެޑްހޯޕްގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އަމްޖަދު ވިދާޅުވީ ލޮލުގެ ހިދުމަތްދޭން ފެށީ، ރާއްޖޭގައި ލޮލުގެ ފަރުވާދޭ ކްލިނިކްތައް މަދުވެފައި އެ ހިދުުމަތް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލޯ ޗެކްކުރެވި އައިނު ހަދައިދިނުމުގެ ހިދުމަތް ދިނުމުގެ މަގްސަދުގައި ކަމަށެވެ.

އެގޮތުން އަންގާރަ ދުވަހުން ފެށިގެން އިންޑިއާގެ ލޮލުގެ ސްޕެޝަލިސްޓް ޑޮކްޓަރެއް ކްލިނިކްގައި ބައްލަވަމުން ގެންދަވާނެ ކަމަށާއި، ޑޮކްޓަރުގެ އެޕޮއިންޓްމަންޓް ހެދުމަށާއި، ލޮލުގެ ނަންބަރު ނެގުމަށް މެޑްހޯޕްގެ ނަންބަރު 3334966 އަދި 7894966 އާއި ގުޅުމުން ފަސޭހައިން ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް ހަމަޖެހިގެންދާނެކަމަށެވެ.

މީގެ އިތުރުން އައިނު ހަދަން ބޭނުންވާ އެކި އުމުރުގެ ފަރާތްތަކަށް ބޭނުންވާ ގިނަ ޑިޒައިންތަކުގެ ކޮލިޓީ ފްރޭމްތައް އެކަށީގެންވާ އަގުގައި މެޑްހޯޕް މެޑިކަލް ސެންޓަރުން ލިބެން ހުންނާނެކަމަށް އެ ކްލިންކުން ބުނެއެވެ. އަދި އައިނު ހަދައިދިނުމުގެ ހާއްސަ ޕްރޮމޯޝަނެއްގެ ގޮތުން 40 އިންސައްތައާއި ހަމައަށް ޑިސްކައުންޓް ސެޕްޓެމްބަރުގެ ނިޔަލަށް އައިނު ހައްދަވާ ކޮންމެ ފަރާތަކަށް ވެސް ލިބިގެންދާނެކަމަށް އެ ކްލިނިކުން ބުނެއެވެ.

މެޑްހޯޕް މެޑިކަލް ސެންޓަރަކީ ފުޅާދާއިރާއެއްގައި ދަތުގެ ހުރިހާ ފަރުވާއެއް ދެމުން ގެންދާ ކްލިނިކެކެވެ. އެގޮތުން ދަތްނެގުމާއި، ދަތަށް ދޯރިލެއްވުމާއި، ނަރުގަނޑު އެޅުވުމުގެ އިތުރުން ދަތްޖެހުމާއި، ދަތުގެ ޑިޖިޓަލް އެކްސްރޭ ނެގުމުގެ ހިދުމަތް ކްލިނިކުން ލިބޭނެއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގެ އެކި ދާއިރާތަކުގެ ސްޕެޝަލިސްޓް ވިޒިޓިންގ ޑޮކްޓަރުން އެ ކްލިނިކްގައި ބަލަމުން ގެންދާނެއެވެ.

މެޑްހޯޕުން އަންނަ މަހުގައި ހަމުގެ ބަލިތަކުގެ ފަރުވާވެސް ފެށުމަށް ހަމަޖެހިފައިވާއިރު، މީގެ ތެރޭގައި ހަމާއި ގުޅުންހުރި ތަފާތު ބަލިތަކަށް ފަސޭހަކަމާއެކު، އަވަހަށް ފަރުވާ ލިބިގެންދާނެކަމަށް އެ ކްލިނިކުން ބުނެއެވެ. މެޑްހޯޕުން ދޭ އިތުރު ހިދުމަތްތަކުގެ ތެރޭގައި ޑޮކްޓަރުން ގޭގެއަށްގޮސް ބަލިމީހުން ބެލުމާއި، ނަރުހުންގެ ހިދުމަތް ގޭގެއަށް ގޮސް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖެއިން ބޭރަށްދާއިރު، ނަރުހެއް ގެންދަންޖެހޭ ހާލަތުގައި އެ ހިދުމަތް ވެސް ކްލިނިކުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މެޑްހޯޕް މެޑިކަލް ސެންޓަރުން ފިޒިއޯތެރަޕީ އާއި އީއެންޓީ ޑިޕާޓްމަންޓުގެ ހިދުމަތް ވެސް ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި ތައާރަފްކުރުމަށް ވަނީ ހަމެޖެހިފައެވެ.

- ކޮމެންޓް